ރައީސް އޮފީސް

ޕީޖީގެ މަގާމަށް ކުރިމަތިލެއްވީ ބިޝާމް އެކަނި

ޕްރޮސިކިއުޓާރ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ކުރިމަތި ލުމަށް ފުރުސަތު ހުޅުވާލުމުން ނަން ހުށަހެޅީ ހަމައެކަނި އައިޝަތު ބިޝާމް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ. ބިޝާމަކީ ކުރިން ބަންޑާރަ ނައިބު ކަމުގެ މަގާމުވެސް ފުރުއްވެވި އަދި މިހާރު ރައީސް އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް އަލީ މުއާޒް ދެންމެ ކުރެއްވި ޓްވީޓެއްގައި ބުނީ ޕީޖީގެ މަގާމަށް ކުރިމަތި ލެއްވީ ހަމައެކަނި ބިސާމް ކަމަށާއި އަދި މިހާރު އެނަން ރައީސް އަބްﷲ ޔާމިން ވަނީ ރައްޔިތުންގެ މަޖުލީހަށް ފޮނުވާފައި ކަމަށެވެ.

ރައީސް މިއަދު ޕީޖީގެ މަގާމަށް ބިސާމްގެ ނަން މަޖުލީހަށް ހުށަހަޅާފައިވާ އިރު މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވަނީ އެމަގާމުގައި މީގެ ކުރިން ހުރި މުމްތާޒް މުހުސިންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކޮށްފަ އެވެ.