ފިޝަރީޒް މިނިސްޓްރީގެ ނައިބުގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
އެ މަގާމަށް އައްޔަން ކުރެއްވީ ކުރީން ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގައި އެޓޭޗް ކޮންސިއުލާ އެފެއާޒްގެ މަގާމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕްރޮޓޮކޯލް އޮފިސަރެއްގެ މަގާމު ވެސް ފުރުއްވާފައިވާ ހަސަން ނާޝިދެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މިއަދެވެ.
ނާޝިދަކީ ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖާ ކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ކޮންޓްރެކްޓް މުވައްޒަފެއްގެ ގޮތުގައި ސްކޫލުގެ ޕްރިންސިޕަލެއްގެ މަގާމު ވެސް ފުރުއްވާފަ އެވެ.