ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭ ބަންދުގައި އޮތީ 20 ރަށެއް

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން މިވަގުތު 20 ރަށެއް އެޗްޕީއޭގެ މޮނިޓަރިންގައި އެބައޮތް ކަމަށް އެ އެޖެންސީ އިން ބުނެފި އެވެ.

މިވަގުތު މޮނިޓަރިންގައި އޮތީ ފ. ފީއަލި އާއި ލ. އިސްދޫ އާއި ފުވައްމުލަކު ސިޓީ އާއި ގދ. ގައްދޫ އާއި ގއ. ގެމަނަފުއްޓާއި ގއ. ވިލިގިއްޔާއި ލ. ކަލައިދޫ އާއި މ. މުއްޔާއި ރ. އަލިފުއްޓާއި އއ. ތޮއްޑޫ އާއި ރ. ދުވާފަރާއި ނ. ވެލިދޫ އާއި ރ. ފައިނާއި ގއ. ކޫއްޑޫ އާއި ހއ. ދިއްދޫ އާއި ރ. މީދޫ އާއި ކ. ގުރައިދޫގެ އިތުރުން ށ. ފޯކައިދޫ އެވެ.

ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނާއި ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް މޮނިޓަރިންގައި ނެތް ރަށްރަށަށް ކަރަންޓީނެއް ނެތި ދަތުރުކުރެވެއެވެ. ނަމަވެސް މޮނިޓަރިންގައި އޮތް ރަށްރަށަށް އަރާ ފޭބުން މަނަލެވެ.

ރާއްޖެއިން މިހާތަނަށް 75،162 މީހަކަށް ބަލި ޖެހިފައިވެއެވެ. 72،439 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،497 އެވެ. ކޮވިޑްގައި 241 މީހަކު ރާއްޖެއިން މަރުވެފައިވެއެވެ.