ދިރާގު

އިންޓަނެޓު ހިދުމަތަށް މިރޭ ބުރޫއަރާފާނެ: ދިރާގު

އިންޓަނެޓްގެ ހިދުމަތާ ގުޅޭ މަސައްކަތްތަކެއް ކުރާތީ މިރޭ ދަންވަރު 12:00 އިން ފެށިގެން ހެނދުނު 6:00 ޖެހުމާ ދެމެދު އިންޓަނެޓްގެ ހިދުމަތުގައި ވަގުތުކޮޅެއްގެ މެދުކެނޑުމެއް އަތުވެދާނެތީ ދިރާގުން އާންމުންގެ ސަމާލު ކަމަށް އެކަން ގެނެސްފި އެވެ.

ސަރުކާރު ހިއްސާވާ މުއާސަލާތީ ކުންފުނި، ދިރާގުން މިއަދު ބުނީ ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކްގެ ސިސްޓަމް މެއިންޓެނަންސް މަސައްކަތެއް މިރޭ ދަންވަރު ފަށާނެ ކަމަށެވެ. އަދި އެ މަސައްކަތް އިރު އަރައި 6:00 ޖެހުމާ ހަމައަށް ކުރިޔަށް ގެންދާނެ ކަމަށެވެ. އެ ހަ ގަޑި އިރުގެ ތެރޭ ފަސް މިނެޓުގެ ވަގުތުކޮޅަކަށް ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ބުންޏެވެ.

އެކަން އާންމުންގެ ސަމާލު ކަމަށް ގެނައުމާއެކު ދިރާގުން މިރޭ ފަށާ މެއިންޓަނަސް މަސައްކަތުގެ ތެރޭގައި ހިދުމަތަށް އަރާފާނެ ބުރުލަކަށްޓަކައި އެ ކުންފުނިން ވަނީ މާފަށް އެދިފަ އެވެ.

ސަރުކާރުން އިންޓަނެޓްގެ އަގު ހެޔޮކޮށްފައި ވާތީ ދިރާގުން ހޯމް ފައިބަ ބްރޯޑްބޭންޑް ޕްކޭޖް ތަކަށް ބޮޑެތި ބަދަލު ތަކެއްވަނީ ގެނެސްފަ އެވެ. ސަރުކާރުން އިއުލާން ކުރި އިންޓަނެޓުގެ ތިން ޕެކޭޖު ވަނީ އެ ކުންފުނީގެ ބްރޯޑްބޭންޑް ޕޯޓްފޯލިއޯގައި ހިމަނާއި އިތުރު ޑޭޓާ އާއި އެލަވަންސް ދީފަ އެވެ.

މީގެ އިތުރުން އެލަވަންސް ހުސްވުމުން ލިބޭ ސްޕީޑް ނުވަތަ ތްރަޓަލް ސްޕީޑް ސްޕީޑް އަފްޓާ އެލަވަންސް 300 ރުފިޔާއަށް ވުރެ ދަށް ޕެކޭޖުތަކަށް ދެ އެމްބީޕީއެސް ލިބޭނެ ގޮތަށް ބަދަލު ގެނެސްފައި ވެއެވެ. އަދި އެހެން ހުރިހާ ޕެކޭޖެއްގައި ފަސް އެމްބީޕީއެސްއަށް އިތުރު ކޮށް ކަސްޓަމަރުންނަށް 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ޕެކޭޖް ތަކެއް ލިބޭނެ ގޮތަށް ވެސް ދިރާގުން ވަނީ ބަދަލު ގެނެސްފަ އެވެ.