އެޗްޑީސީ

މީހުން މަދުވުމުން މިއަދު ސޮއި ކުރުން ކެންސަލް

ހިޔާ މަޝްރޫގެ ދަށުން ހުޅުމަލޭގައި އަޅާފައިވާ 6720 ފްލެޓްގެ ތެރެއިން ލިބުނު މީހުންގެ ތެރެއިން މިއަދު މީހުން މަދުވުމުން ސޮއި ކުރުން ކެއްސަލް ކޮސްފި އެވެ.

ހިޔާ ފްލެޓްގެ ވެރިން ހިމެނޭ ޖަމިއްޔާ " ހިޔާ ފްލެޓް ޔޫނިއަން" އިން ބުނީ ޓަވަރު ނުވަޔަކުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިއަދު ސޮއި ކުރަން ހަމަޖެހިފައިވާ ފަރާތްތަކަށް ހަމަޖެއްސި ޕްރޮގްރަމް ކެންސަލް ކޮށްފައި ވަނީ މީހުން މަދުވުމުގެ ސަބަބުން ނެވެ. އެއީ އެޗްޑީސީއަށް މައުލޫމާތު ފޮނުވި އިރު ބައެއް މީހުން ފުރިހަމަ މައުލޫމާތު ހިމަނާފައި ނުވާތީ އެވެ.

މިއަދުގެ ސޮއި ކުރުން ކެންސަލް ކުރިކަން އަންގާފައި ވަނީ ރޭ ވަރަށް ދަންގަޑިއަކު ކަމަށާއި އެހެން ކަމުން ބައެއް ފަރާތްތަކަށް އެކަން ނޭންގޭ ކަމަށް ވެސް ބުންޏެވެ. ފުރަތަމަ ފަހަރަށް ގިނަ ބަޔަކަށް އެއް ފަހަރާ ސޮއިކުރުން ކުރިއަށް ގެންދާތީ އެޗްޑީސީއަށް ވެސް އުނދަގޫތަކަކާ ކުރިމަތިވާނެ ކަން ގަބޫލު ކުރާ ކަމަށް ވެސް ޔޫނިއަނުން ބުންޏެވެ.

އެޗްޑީސީން ބުނެފައި ވަނީ ޓަވަރު H9 އިން ތާވަލު ކުރެވުނު 118 ފަރާތުގެ ތެރެއިން 112 ފަރާތުން ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފައި ކަމަށެވެ. އަދި މިއަދަށް ބައެއް ފަރާތްތަކަށް ސޮއި ކުރުން ތާވަލް ކުރެވިފައި ވީނަމަވެސް އިތުރު ފަރާތްތަކުން މައުލޫމާތު ފޯމު ހުށަހަޅަމުން ގެންދާތީވެ، ގިނަފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ޓަވަރު H9 އިން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން މިމަހުގެ 18 އަށް ބަދަލުކުރެވިފައިވާ ކަމަށެވެ.

ޓަވަރު ނުވައެއްގެ ތާވަލަށް ބަދަލު ގެނެސްފައިވީ ނަމަވެސް ޓަވަރު H13 ގެ އެއްބަސްވުމުގައި ސޮއިކުރުން ތާވަލާ އެއްގޮތަށް މި މަހުގެ 17 ވަނަ ދުވަހު އޮންނާނެ އވެެ.

ކޮންމެ ޓަވަރެއްގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވަކި ތާރީހެއް ކަނޑައަޅާފައިވީ ނަމަވެސް އެއްބަސްވުމުގައި ސޮއިކުރަން ފުރުސަތު ދޭނީ އޮންލައިން ޕޯޓަލްގެ ޒަރިއްޔާއިނާއި އެޗްޑީސީއަށް މައުލޫމާތު ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މައުލޫމާތުތައް ކަށަވަރުކުރުމަށްފަހު ސޮއިކުރަން ތާވަލުކޮށް އިއުލާން ކުރާ ފަރާތްތަކަށް ކަމަށް އެޗްޑީސީން ބުނެ އެވެ.