މަސްތުވާތަކެތި

176 ކިލޯގްރާމްގެ މަސްތުވާތަކެތި ނައްތާލައިފި

އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި 176.55 ކިލޯގްރާމްގެ މަސްތުވާތަކެތި މިއަދު ނައްތާލައިފި އެވެ.

އެތަކެތި ނައްތާލައިފައި ވަނީ މިއަދު ދޫނިދޫގަ އެވެ. އޭގެ ތެރޭގައި 20 ކިލޯގެ ކެނެބިސް އާއި 12.7 ކިލޯގެ ކޮކެއިން އާއި 218 ކިލޯގެ ހެރޮއިން ހިމެނެއެވެ. އަދި 714 ގްރާމްގެ މެޓަމްއެމްފެޓަމިން ރެސިމޭޓް އާއި 596 ގްރާމް އެމްޑީއެމްއޭވެސް ނައްތާލައިފައި ވެއެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓަރު ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.