ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރަށްފަޅު ހުރާއިން އިތުރު 90 މީހަކު ޕޮޒިޓިވް

ކ. ރަށްފަޅު ހުރާއިން އިތުރު 90 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ. ރަށްފަޅު ހުރާއަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ރަށެކެވެ. ރަށްފަޅު ހުރާ، ހިއްކައިގެން ރިސޯޓް ތަރައްގީ ކުރަމުންދަނީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ރިސޯޓު ބްރޭންޑް ކަމަށްވާ "ދަ ރިޓްޒް ކާލްޓަން" އިންނެވެ.

ރަށްފަޅު ހުރާ ހިއްކައިގެން ހަތަރު ރަށެއް ތަރައްގީ ކުރަމުންދާއިރު އެ ރަށްރަށުގައި 2،000 ވުރެ ގިނަ މުވައްޒިފުން މަސައްކަތް ކުރަމުން ދެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ ކ. ރަށްފަޅު ހުރާއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަަދަދު 306 އަށް އަރާފަައިވާ ކަމަށެވެ. މިއަދުވެސް އެ ރަށުން ބަޔަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއަދު 217 މީހުން ޕޮޒިޓިވްވެފައިވާއިރު 390 މީހުންނަކީ ރަށްފަޅު ހުރާއިން ޕޮޒިޓިވްވެފައިވާ މީހުންނެވެ. އެކްޓިވް ކޭސްގެ އަދަދަކީ 181 އެވެ.

"ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްސް" ގެ ނަމުގައި ރަށްފަޅު ހުރާ ހިއްކައިގެން ތަރައްގީ ކުރާ ރިސޯޓަކީ ދަ ރިޓްޒް ކާލްޓަން އިން ރާއްޖޭގައި ހުޅުވާ ރިސޯޓެކެވެ.

ރަށްފަޅު ހުރާ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ ސިންގަޕޫރުގެ ޕޮންޓިއާކް ކުންފުނިންނެވެ. އެ ކުންފުނި ދަނީ މި ފަޅުގައި ހަތަރު ރަށެއް ހިއްކަމުންނެވެ.

ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑުގައި މަތީ ފަންތީގެ އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ގޮތަށް 90 ވިލާ ހުންނާނެ އެވެ. ރަށްފަޅު ހުރާ ފަޅު ތަރައްގީ ކުރަނީ އިންޓަގްރޭޓެޑް ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގަ އެވެ. މުޅި މި މަޝްރޫއުގެ އަގު ގާތްގަނޑަކަށް 500 މިލިއަން ޑޮލަރަށް އަރަ އެވެ. އެ ރަށުގައި ތަފާތު ތިން ގިންތިއެއްގެ ރިސޯޓުތައް ހިންގާނެ އެވެ. މި މަޝްރޫއު ފަށާފައިވަނީ 2017 ވަނަ އަހަރު އެވެ.