އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބަސީގެ ފަރާތުން ހިންގާ ވަގުތީ ޔޫކޭ ވިސާ އެޕްލިކޭޝަން ސެންޓަރު އަންނަ މަހު ހުޅުވަން ނިންމައިފި އެވެ.
އިނގިރޭސިވިލާތަށް މަތީތައުލީމު ހާސިލްކުރަމުންދާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ވިސާ ހޯދުމަށް މަގުފަހިކޮށްދިނުމަށް ކޮންމެ އަހަރަކު ދެމުންގެންދާ އެ ހިދުމަތުގެ ދަށުން އެ ސެންޓަރު ހިންގަނީ ފޮރިން މިނިސްޓްރީގަ އެވެ.
އެ ސެންޓަރު އަންނަ މަހުގެ ދޭކުން ހަތަަރަކަށް ކުރިއަށްދަން ވަނީ ނިންމައިފަ އެވެ.
ވިސާ އަށް އެދި ހުށަހެޅުމަށް ބުކިން ހަދަން ޖެހޭނެކަަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި އޮންލައިންކޮށް ބުކިން ހެދޭނެ އެވެ.