އިނގިރޭސިވިލާތް

އިނގިރޭސިވިލާތުން ރާއްޖެއަށް އާ ސަފީރެއް

އިނގިރޭސިވިލާތުން ރާއްޖެއަށް އާ ސަފީރެއް ކަނޑައަޅައިފި އެވެ.

އެ ގައުމުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަކީ ނިކް ލޯ އެވެ.

ނިކް ވަނީ 2010 ވަނަ އަހަރުން 2014 ވަނަ އަހަރަށް އިނގިރޭސިވިލާތުން ބަންގްލަދޭޝަށް ކަނޑައެޅުއްވި ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމު އަދާކުރައްވާފަ އެވެ.

އޭނާ ވަނީ މޮރޮކޯ، ޗިލީ، ބްރެޒިލް، އަލްޖީރިއާ، ޗައިނާ އަދި އިންޑިއާގައިވެސް މަސައްކަތްކުރައްވާފަ އެވެ.

މީގެ އިތުރުން ނިކް ވަނީ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ ކްރައިސިސް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑްގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

ނިކް ސަފީރުކަމުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފައްޓަވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.

އެގައުމުން ރާއްޖެއަށް މިހާރު ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރަން ރޮހްސްލާ މިއަހަރުގެ ނިޔަލަށް އެ މަގާމުގައި ހުންނަވާނެ އެވެ.