ފޮރިން މިނިސްޓްރީ

ޔޫކޭ ވިސާ ދޫކުރަން ވަގުތީ ސެންޓަރެއް

Aug 2, 2021

ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ގާއިމުކޮށްފައިވާ އިނގިރޭސިވިލާތުގެ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރުން ވިސާ އެޕްލިކޭޝަންތައް މިއަދު ބަލައިގަންނަން ފަށައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ގާއިމުކޮށްފައިވާ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރުން، ކުރިން އެޕޮއިންޓްމަންޓް ހަދާފައިވާ މީހުންގެ ޑޮކިއުމަންޓްތައް ބަލައިގަތުމާއި، ބަޔޯމެޓްރިކްސް އެންރޯލްމަންޓް ކުރިއަށްދާނެ ކަމަށެވެ.

ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރެއް އިނގިރޭސިވިލާތުން ހުޅުވާފައި މިވަނީ އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް، ވަކިން ޚާއްސަކޮށް މަތީ ތައުލީމަށް އެގައުމަށް ދަތުރުކުރާ ދަރިވަރުންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަ ގޮތެއްގައި ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުން އެދިގެންނެވެ.

މި މަސައްކަތަކީ ދިވެހި ރައްޔިތުންނަށް ފޮރިން މިނިސްޓްރީން ފޯރުކޮށްދޭ ކޮންސިއުލާ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.