ޓެކްނޯލޮޖީ

މައިކްރޮސޮފްޓުން "ކްލިޕީ" އަނބުރާ ގެންނަނީ

މައިކްރޮސޮފްޓްގެ ކުރީގެ މެސްކޮޓް ކަމަށްވާ "ކްލިޕީ" ބޭނުން ކުރުން ހުއްޓާލާފައި އޮތުމަށްފަހު އަލުން މިހާރު ކްލިޕީ އަނބުރާ ގެންނަން މައިކްރޮސޮފްޓުން އެބަ އުޅެ އެވެ.

"ކްލިޕީ" މިފަަހަރު ގެންނަން ނިންމާފައި ވަނީ ވިންޑޯސްގެ މެސްކޮޓެއްގެ ގޮތުގައެއް ނޫނެވެ. މިފަހަރު "ކްލިޕީ" ފެނިގެން ދާނީ މައިކްރޮސޮފްޓް 365 ނުވަތަ މައިކްރޮސޮފްޓް އޮފިސްގެ ތެރެއިން އިމޯޖީއެއްގެ ގޮތުގަ އެވެ.

މައިކްރޮސޮފްޓުން ޓްވީޓެއަގައި އެ ކުންފުނީގެ ކްލިޕީގެ ފޮޓޯއެއް ޝެއާކޮށް އެ ޓްވީޓަށް 20،000 ލައިކްސް ލިބިއްޖެނަމަ މިހާރު ބޭނުންކުރާ ޕޭޕާކްލިޕް އިމޯޖީ "ކްލިޕީ" އަށް ބަދަލު ކުރާނެކަން ވަނީ އަންގާފަ އެވެ. އަދި އެއާއެކު ގިނަ ބަޔަކު ވަނީ އެ ޓްވީޓް ލައިކް ކޮށްފައެވެ.

ކްލިޕީ އަކީ 1999 ވަނަ އަހަރުން ފެށިގެން 2000 ގެ އަހަރުތަކުގެ މެދަކާއި ހިސާބަށް ވިންޑޯސްގައި މީހުންނަށް އެހީ ވުމުގެ ގޮތުން "ޓިޕްސް" ފޯރުކޮށްދިން މައިކްރޮސޮފްޓްގެ އެންމެ މަގްބޫލް މެސްކޮޓެވެ.