ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ސާމްޕަލް ނެގުން ދެ ދުވަހަށް މެދުކަނޑާލައިފި

ކޮވިޑް-19 އަށް ޓެސްޓް ކުރުމަަށް ސާމްޕަލް ނެގުން މެދުކަނޑާލައިފި އެވެ.

އެޗްޕީއޭ އިން މިރޭ ބުނީ ޓެސްޓް ސާމްޕަލް ނެގުން މެދުކަނޑާލީ މާލެ ސަރަހައްދުގައި ކަމަަށެވެ. އަދި ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ނަގަންޖެހޭ ސާމްޕަލް އާރުޓީޓީ ޓީމުން ނަގަމުން ދާނެ ކަމަށެވެ.

މާލޭގައި މި ދުވަސްވަރު ސާމްޕަލް ނެގުމަށް ގިނަ ބަޔަކު ގޮސް ތިބެއެވެ. އެއީ ކަރަންޓީން ނެތި ދަތުރުކުރުމަށް ލުއިތަކެއް ދިނުމުންނެވެ. މާލެ ސަރަހައްދުގައި ސާމްޕަލް ސެންޓަރުތައް ބަންދުކުރާއިރު މަގުމަތިންވެސް ގިނަ ބަޔަކު ސާމްޕަލް ނަގައެވެ. ރެންޑަމް ސާމްޕަލް ނެގުމާއި ގުޅޭގޮތުން އެޗްޕީއޭއިން ވަކި އެއްޗެއް ނުބުނެއެވެ.