ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

އިތުރު 2،500 މީހަކު ވެކްސިން ފުރިހަމަ ކޮށްފި

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށް ދާއިރު މިހާތަނަށް 258،525 ވުރެ ގިނަ މީހުން ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ހުކުރު ދުވަހު 2،571 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން 1،000 މީހަކާއި މާލެ ސަރަހައްދުން ވެކްސިން ޖެހި 1،571 މީހެކެވެ.

މިހާރު ވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ގެންދެއެވެ. މިހާތަނަށް ރާއްޖެއިން 320،776 މީހަކަށް ވެކްސިން ދީފައިވެެއެވެ.

ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު އިތުރުވަމުން ދަނީ މާޗް މަހުން ފެށިގެން މެދުކެނޑިފައި އޮތް ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން ފެށުމުންނެވެ. ކޮވިޝީލްޑްގެ އާ ސްޓޮކެއް ތިން މަސް ލިބި ވެކްސިން ޖަހައި ދޭން ފެށީ މިދިޔަ ހަފްތާއިން ފެށިގެންނެވެ. ކޮވިޝީލްޑް ވެކްސިން މިހާރު ޖަހައި ދެނީ ދެވަނަ ޑޯޒް ޖަހަން ޖެހޭ މީހުންނަށް އެކަންޏެވެ. އެ ވެކްސިން ޖަހައިދެނީ ވެސް އެޕޮއިންޓްމަންޓް އުސޫލުންނެވެ.

އިއްޔެއިން ފެށިގެން މާލެ ސަރަހައްދުގައި ވެކްސިން ޕްރަގްރާމް ވަނީ މެދުކަނޑާލާފައެވެ.