ޅައިމަގު

މާލި ހެދިގެން އުޅުނު މީހެއްގެ ގައިގައި ރޯވެއްޖެ

Jul 22, 2021
1

މާލި ހެދިގެން އުޅުނު މީހެއްގެ ގައިގައި ރޯވެ ފިހިއްޖެ އެެވެ. މި ހާދިސާ ހިނގީ ށ. ޅައިމަގު ގައެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މި ހާދިސާގައި އީދަށް މާލި ހެދިގެން އުޅުނު މީހެއްގެ ގައިގައި ކަމަށެވެ. އެ މީހާ މާލި ހެދިފައި ހުރީ ކަފަ ބޭނުން ކޮށްގެންނެވެ.

އުމުރުން 20 އަހަރުގެ އެ މީހާހެ ގައިގައި އަލިފާން ރޯވީ ސިގިރޭޓެއް ބޯން އުޅުމުގެ ތެރޭގައި ކަމަށް ވެއެވެ. އެ މީހާގެ ހަށިގަނޑުން ބައެއް ފިހިފައިވީނަމަވެސް ހާލު ސީރިއަސް ނޫން ކަމަށް އެނގިފައިވެއެވެ. ކައުންސިލް އިދާރާއިން ބުނީ ޒުވާނާގެ ހަށިގަނޑުން 25 ޕަސެންޓް ފިހިފައިވާ ކަމަށެވެ.