އީދު ފާހަގަ ކުރުން

އީދު ހަވީރުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

0%
0%
0%

ފިތުރު އީދު ފާހަގަކުރުމަށް މާލޭގައި މިއަދު ހަވީރު ބޭއްވި "އީދު ހަވީރު"ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަނލުން ބައިވެރިވެވަޑައިގެންފި އެވެ.

އީދު ހަވީރުގައި ހިމެނޭ ހަރަކާތްތައް އިންތިޒާމުކޮށްފައިވަނީ އެމްއެންޑީއެފް އާއި ސަރުކާރުގެ ބައެއް އިދާރާތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެންނެވެ.

މިހަރަކާތްތައް ކުރިއަށް ގެންދިޔައީ ސަލްޓަން ޕާކާއި، އިސްލާމީ މަރުކަޒުގެ މައިދާނާއި ޖުމްހޫރީ މައިދާނުގެ އިތުރުން ރަސްމީ ބޮޑު ފާލަން ހިމެނޭ ސަރަހައްދުގައެވެ.

މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން ވަޑައިގަތުމުން އިސްތިގުބާލް ކުރުމުގެ ގޮތުން ވަނީ ސަންގު ފުމެފަ އެވެ.

އޭގެފަހުން ރައީސްގެ ދެކަނބަލުން ވަނީ ކުޅިވަރުތައް އިންތިޒާމުކޮށްފައި ހުރި އެކި ސްޓޯލްތަކަށް ޒިޔާރާތްކުރައްވައި ބައެއް ކުޅިވަރުތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފަ އެވެ.

އީދު ހަވީރުގެ ހަރަކާތްތަކުގެ ތެރެއިން ރައީސްގެ ދެކަނބަލުން ވަނީ ގިނަ އަދަދެއްގެ ބަޔަކާ ބައްދަލުކުރައްވައި ސަލާމުކުރެއްވުމާ އެކު ފޮޓޯވެސް ނަންގަވާފަ އެވެ.

އީދު ހަވީރުގައި ހިމެނޭ ހަރަކާތްތައް ކުރިއަށް ދިޔައީ މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910