ރައީސް އަބްދުﷲ ޔާމީން

އުސް ދިމާއަަކަށް ރާއްޖެ ގެންދާނެ ދެ ސިނާއަތަކަށް މަސްވެރިކަމާއި ދަނޑުވެރިކަން ހަދަންޖެހޭ: ރައީސް

Nov 20, 2015
4

މަސްވެރި ކަމާއި ދަނޑުވެރިކަމަކީ ރާއްޖޭގެ އިގްތިސޯދުގައި ހިފާ ބުރާގައި މިހާރަށްވުރެ ބައިވެރިވުން ބޮޑު، ރާއްޖޭގެ އިގްތިސޯދު ފުޅާ ކުރުމުގެ މަސައްކަތުގައި ރާއްޖޭ ވަރަށް އުސް ދިމާއަަކަށް ގެންގޮސް ދެވޭނެ ދެ ސިނާއަތަކަށް ހަދަން ކުރަންޖެހޭ ކަންކަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ގޮވާލައްވައިފި އެވެ.

މަސްވެރިންގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ގަބޫލު ކުރާ އުސޫލަކީ އެއްވެސް ސިނާއަތެއް ތަރައްގީ ކުރަން ބޭނުންނަމަ އެ ރިސޯސް ދެމެހެއްޓެނެވި ގޮތަކަށް ތަރައްގީ ކުރަން ހިތްވަރުދީ ހަކަތަ އެދާއިރާއަކަށް އިންޖެކްޓް ކުރުން ކަމަށެވެ.

އެއްގޮތުން މަސްވެރި ކަމާއި ދަނޑުވެރި ކަމުގެ ދެ ސިނާއަތަކީ ވަރުގަދަ އިގްިސޯދީ ދެ ސިނާއަތް ކަމަށާއި މި ދާއިރާއަށް ހަކަތަ ބޫސްޓް ކުރުމަށް ވިސްނަވަނީ އެ ދެ ދާއިރާއަށް ޒުވާނުން ނެރުމަކީ އެ ދާއިރާއަށް ގެނެވޭނެ އެެންމެ ބޮޑު ބަަލަށް ވެފައި އެ ދެ ދާއިރާގެ ބައިވެރިވުމުން ރާއްޖެގެ އިގްތިސޯދު އުސް ދިމާލަކަށް ގެންގޮސްދޭނެތީ ކަމަށެވެ.

"މި ދެ ދާއިރާއަށް ދުނިޔޭގެ ޓެކްނޯލޮޖީތައް ދަސްކުރެވިދާނެ. ދުނިފަށުގެ 30 މޭލާއި 100 މޭލާއި 200 މޭލުގައި އޮޑިދޯނި ފަހަރު ބޮޑު ކޮށްގެން އަޅުގަނޑުމެނަށް ހަރަކާތްތެރިވެވިދާނެ. އެކަމަކު މަސްވެރިކަމާ ޒުވާން ލޭ ނުގުޅޭ ކަމަށް ވަންޏާ މިއީ ކުރިޔަށް ގެންދެވޭނެ ސިނާއަތެއް ނޫން. އަދި ގަބޫލު ކުރަޖެހޭ ހަގީގަގަތީ މަސްވެރިކަން ކުރިޔަށް ގެންދިއުމަށް ގިނަ ޒުވާނުން މި ދާއިރާއަށް ނެރެން މަސައްކަތް ކުރާކަން،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު އަބަދުވެސް ގަބޫލު ކުރަނީ ޒުވާނުންގެ ހަކަތައަކީ ދައުލަތް ކުރިޔަށް ގެންދިއުމުގެ މޯޓަރު ކަމަށް އިގްތިސޯދީ މަސައްކަތުގެ މޯޓަރު ކަމަށް،"

ރައީސް ވިދާޅުވީ މަސްވެރި ކަމާއި ދަނޑުވެރި ކަމަށް ޒުވާނުން ޝައުގުވެރިވާ ކަމަށާއި ހާއްސަކޮށް ދަނޑުވެރި ކަމުގެ އިގްތިސޯދީ މަސައްކަތަކުން ހަވާސާ ވަމުން އައި އަންހެނުންގެ ދައުރު މިހާރު ފުޅާވަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެކަންކަން އިތުރަށް ފުރިހަމަ ކުރުމަށް މި އަހަރުވެސް ޒުވާނުން މަސްވެރިންނާ އޮޑިވެރިނަށާއި ދަނޑުވެރި ފަރާތްތަކަށް ލުއި ލޯނު ދޫކުރާނެ ކަމަށާއި ދެ ދާއިރާގެ މަސައްކަތަށާއި އުފެއްދުންތަކަށް ރައްކާތެރި ކަމާއި ދެމެހެއްޓެނިވި ގޮތް ގެނެސްދޭނެ ނިޒާމުތަކެއް ތައާރަފުކޮށް ގެއްލުން ފޫބައްދައިދީ ރައްކާތެރި ކަމުގެ ޔަގީންކަން ހޯދައި ދެއްވާނެ ކަމަށެވެ.

"ސަރުކާރުން އެހާ ގަބޫލު ކުރާ ސިޔާސަތެއް ނޫން ކުރިޔަށް އޮތްތަނުގައި އަބަދު އަބަދު ސަބްސިޑީ ދީގެން ކަންކަން ކުރުމަކީ. މި ސަރުކާރު އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންނާ ދަނޑުވެރިންނަށް ސިނާއަތުގެ މީހުންނަށް ފަސޭހަ ކަމާއި ލުއިކޮށް ރައްކާތެރި ކަމާއެކު ގެނެސްދެވޭނެ ނިޒާމެއް ގާއިމުކުރުން. ސަބްސިޑީގެ ބަދަލުގައި ތައާރަފު ކުރަމުން މިދނީ ރައްކާތެރި ކަމާއި ފަސޭހަ ގޮތްތައް އެއާއެކު މި ދެ ދާއިރާ ސަސްޓޭނަބަލް ދެ ދެ ދާއިރާއަށް ހެދުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަސްވެރި ކަމުގެ ދާއިރާގައި މިދިއަ ދެ އަހަރުގެ ތެރޭ ގެނައި ބަދަލާއި ހޯދި ނަތީޖާތަކުގެ ސަބަބުން 5709 ވަޒީފާ ތަަނަވަސްވެފައިވާ ކަމަށާއި އަމާޒުކީ ޒުވާނުން އެ ފުރުސަތުތަކުގެ ބޭނުން ހިފަމުން ދިއުން ކަމަށެވެ. އަދި މަސްވެރި ކަމަކީ ދޮށީ އުމުރުގެ މީހުންގެ މަސްްކަތެއް ކަމަށް ވިސްނާ ވިސނުން ފެއަށް ޖެއްސުން ކަމަށެވެ.

ދަނޑުވެރިވަރު ކަމުން މިހާރު މިހާތަނަށް 59 މިލިޔަން ރުފިޔާގެ ނަފާ ލިބުނު ކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ދަނޑުވެރި ކަމާއި މަސްވެރިކަމަށް ޒުވާނުން ކުރިމަތިލާންވީ ސަބަބުތައް އެބަހުރި ކަމަށާއި ޒުވާން މަސްވެރިނަނާއި އޮޑިވެރިންނާއި ދަނޑުވެރިން އުފެއްދުމަށް ސަރުކާރުންދޭ އިނާޔަތްތަކުގެ ސަބަބުން ދެ ދާއިރާގެ ރޫފަ ރނގަޅުވާ ކަމުގެ ސިގުނަލްތައް ލިބެމުން އަންނަ ކަމަށެވެ.

"އެބަޖަހޭ މިދެ ދާއިރާއަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރު ކުރަން. އޭރަށް މި ދެ ދާއިރާއަށް ހަކަތަ ލިބޭނީ... ސަރުކާތަށް ކޮށްދެވޭނެ ކަމަކީ މިކަންކަން ފަސޭހަ ކުރުމުގެ މަސައްކަތް ސަރުކާރަށް ކޮށްދެވޭނީ ޓެކްނޮލޮޖީ ތައާރަފު ކުރުމުގެ މަސައްކަތް. ސަރުކާރަށް ކޮށްދެވެނެ ކަމަކީ ޒުވާނުންނެރެ ހިތްހަމަޖެހުމާއެކު މިކަމަށް ޝައުގުވެރި ކުރުވުން. ސަރުކާރަށް ކޮށްދެވޭނެ ކަމަކީ ވައްޓަފާޅިއަށް ގެންނަ ބަދަލު ގެނެސް ދިނުން. ސަރުކާރަށް ކޮށްދެވޭނެ ކަމަކީ ކުރީގެ ސަރުކާރުތަކުން މި ދެ ދާއިރާއަށް ހޭދަ ކުރިފަދައިން ހޭދަ އިުރުކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މި ސަރުކރު ގަބޫލު ކުރާ ގޮތުން މަސްވެރިކަމާއި ދަނޑުވެރި ކަމުގެ ސިނާއަތަކީ ސަރުކާރުން އިތުރަށް އިންވެސްޓް ކުރަންޖެހޭ ދެ ސިނާއަތް ކަމަށް ވެސް ރައީސް މިރޭ ވިދާޅުވި އެވެ. އެގޮތުން މީގެ 70 އަހަރު ކުރުން މަގޫފަތް ކޭ ޒަމާނަށް ދާން ބޭނުން ނުވާ ކަމަށް އިޝާރާތް ކުރައްވާ ވިދާޅުވީ ދަތި ދުވަސްވަރާއި ތަދު ދުވަސްވަރު ބައްދަލު ކުރާނީ ކޮންއިރަކުކަން ނޭނގޭނެ ކަމަށާއި އަބަދު ޓޫރިޒަމަށް ބަރޯސާވެގެން ތިބެވިދާނެ ކަމުގެ ހިތްހަމަޖެހުން ވެސް ނޯންނާނެ ކަމަށެވެ.

"ކަށަވަރު ކާމާއެކު ކުރަން ޖެހޭ ކަމަކީ މި ދެ ސިނާތްއަތްތަތައް ތަރައްގީ ކުރަން ކުރަނެޖޭހޭ މަސައްކަތް ކުރުން ސަރުކާރުން ހޭދަ ކުރާ ހޭދަ އާއި ލާ އެފޮޓް ވަރުބަލި ކަމެއް ނެތި ކުރިޔަށް ގެންދަންޖެހޭނެ. މި ދެ ސިނާއަތް މޮޑަނައިޒްކޮށް ޑައިވަސިފައި ކުރުމަށް ކުރާ މަސައަކަތުގައި މުސްކުޅި އާދާތައް ކަމުނުދާ އާތާތައް ދޫކޮށްލާންޖެހޭ. މިޒާމާނުގެ ރިސޯސް ބޭނުން ކޮށްގެން ކުރެވޭނެ ގޮތްތައް ދަސްކުރަންޖެހޭ. އާ ވައްޓަފާޅިތައް ދަސްކޮށް އާވިސްނުމަކަށް ތަރުތީބުވާންޖެހޭ،"