ޑިވެލޮޕިންގް

ޝަރުއީދާއިރާއަށް 20 މިލިއަން އިތުރުކޮށް 27 ބިލިއަން ރުފިޔާގެ ބަޖެޓް ކޮމެޓީން ފާސްކޮށްފި

Nov 20, 2015

އަންނަ އަހަރު ޝަރުއީ ދާއިރާގެ ބަޖެޓަށް 20 މިލިއަން އިތުރުކޮށް، ސަރުކާރުން ހުށަހެޅި އަންނަ އަހަރަށް ލަފާކުރާ 27.4 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު ކޮމެޓީން މިރޭ ފާސްކޮށްފި އެވެ .

ޝަރުއީ ދާއިރާއަށް 20 މިލިއަން ރުފިޔާ އިތުރުކޮށްފައި ވަނީ ފިނޭންސް މިނިސްޓުރީގެ ކޮންޓިންޖެންސީ ބަޖެޓުން ނެވެ. އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ހުށަހެޅުއްވި 27.457 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމެޓީން ފާސްކުރީ 14 މެމްބަރުންގެ ވޯޓުން ނެވެ.
ބަޖެޓަށް ވޯޓު ދިނީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ސަރުކާރަށް ތާއީދު ކުރާ މެމްބަރުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ޕަބްލިސް ސެކްޓާ އިންވެސްޓުމަންޓް ޕްރޮގުރާމް (ޕީއެސްއައިޕީ)ގެ މަޝްރޫއުތަކަށް 9.1 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.