މޯލްޑިވްސް ޕޮލިސް ސާވިސް

މާލޭގައި ބިދޭސީންގެ މާރާމާރީއެއް، މައްސަލަ ބަލަނީ

މާލޭގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި މާރާމާރީއެއް ހިންގައިިފި އެވެ.

ލޮނުޒިޔާރަތްކޮޅުގައި މި މާރާމާރީ ހިންގީ ފައިސާގެ މައްސަލައަކާއި ގުޅިގެން ކަމަށް ވެއެވެ. އެ މީހުން މަރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.

ފުލުހުން ބުނީ ލޮނުޒިޔާރަތްކޮޅުގައި ބަޔަކު މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު މިރޭ 8:15 ގައި ލިބުނު ކަމަށާ އެ މައުލޫމާތާއި ގުޅިގެން އެ ސަރަހައްދަށް ދިޔައިރު މާރާމާރީ ހިންގި މީހުން ގޮސްފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ރާއްޖޭގައި ބިދޭސީންގެ މައްސަލަ އިޖްތިމާއީ ބޮޑު މައްސަލައަކަށްވެފައިވާއިރު ބިދޭސީންގެ އާބާދީ ދަނީ އިތުރުވަމުންނެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު އިތުރުވަމުންދާއިރު އެ މީހުންގެ ސަބަބުން އިޖްތިމާއީ އެތައް މައްސަލަތަކަކާއި ކުރިމަތިލާން ޖެހިފައިވެއެވެ. ބިދޭސީންގެ މެދުގައި ހަމަނުޖެހުން ހިންގުން އިތުރުވަމުންދާއިރު އެ މީހުންގެ މެދުގައި އިންސާނިއްޔާ ހިލާފު އެތައް ކަމެއްވެސް ދަނީ ހިނގަމުންނެވެ.