މުހައްމަދު ސައީދު

މެގަ ޕްރޮޖެކްތަކުގެ މައުލޫމާތު ދިނުމަށް ސައީދާއި ޒަމީރު ސިންގަޕޫރަށް

Nov 20, 2015

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާވާފައިވާ މެގަ ޕްރޮޖެކްޓުތަކުގެ މައުލޫމާތާއި ތަފުސީލު ސިންގަޕޫރުގެ އިންވެސްޓަރުންނާ ހިއްސާ ކުރަން އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ސިންގަޕޫރަށް ވަޑައިގެންފި އެވެ.

ރޭ ފުރާ ވަޑައިގަތުމުގެ ކުރިން އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ތިއްބަވައިގެން ދެ ވަޒީރުން ވަނީ މީޑިއާއާ މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ.

އެ ދެބޭފުޅުން ވިދާޅުވީ މި ދަތުރަކީ ސިންގަޕޫރުގެ އިސްވެސްޓަރުންގެ ދައުވަތަކަށް ކުރާ ދަތުރެއް ކަމަށާއި ޓޫރިޒަމް އިންޑަސްޓްރީއަށް މީހާރު އިންވެސްޓުކޮށްފައިވާ ގިނަފަރާތްތަކެއް ސިންގަޕޫރާއި އެ ސަރަހައްދުގައި އެބަ ތިބި ކަމަށެވެ.

މިނިސްޓަރު ސައީދު، އަދި އަދި އެސްއީޒެޑް ބޯޑްގެ ޗެއާމަން ވިދާޅުވީ ސަރުކާރުން ރާވާފައި ހުރި މެގަ ޕްރޮޖެކްޓުތައް މި ދަތުރުގައި އިންވެސްޓަރުންނަށް ހައިލައިޓް ކޮށްދެއްވާނެ ކަމަށެވެ.