ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ ވަޒީރުން ކަމަށް ބުނާ ބޭފުޅުން

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ކެބިނެޓްގައި ހިމެނޭ ކަމަށް ބުނާ ބޭފުޅުންގެ ލިސްޓެއް އާންމުވެއްޖެ އެވެ.

މި ލިސްޓްގައި ކުރީގެ ބައެއް ސަރުކާރުގައި ވަޒީރުކަން ކުރެއްވި ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މިހާރު އަދި ކުރީގެ ބައެއް މެންބަރުންވެސް ހިމެނެ އެވެ. އަދި ސަރުކާރުގެ އިސް މަގާމުތަކަށް މުޅިން އާ ބޭފުޅުންވެސް މީގެތެރޭގައި ހިމެނެ އެވެ.

މުއިއްޒުގެ ކެބިނެޓްގައި ހިމެނޭ ކަމަށް ބުނާ ބޭފުޅުން

  • ހޯމް މިނިސްޓަރު - އަލީ އިހްސާން
  • ޑިފެންސް މިނިސްޓަރު - ގައްސާން މައުމޫން (ތ. ގުރައިދޫ ދާއިރާގެ މެންބަރު)
  • ޕްލޭނިން އެންޑް އެންވަޔަރަމަންޓް މިނިސްޓަރު - ތޯރިގް އިބްރާހީމް
  • ފިޝަރީޒް މިނިސްޓަރު - އަހްމަދު ޝިޔާމް
  • ލޯކަލް ގަވާނަންސް މިނިސްޓަރު - އާދަމް ޝަރީފު
  • އިސްލާމިކް މިނިސްޓަރު - ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • ޓޫރިޒަމް މިނިސްޓަރު - އިބްރާހީމް ފައިސަލް
  • ޔޫތު އެންޑް ޓެކްނޮލޮޖީ - އިބްރާހީމް ވަހީދު (އަސްވާޑް)
  • ޖެންޑާ މިނިސްޓަރު - ޑރ. އައިޝަތު ޝިހާމް
  • އެގްރިކަލްޗާ މިނިސްޓަރު - ޑރ. އައިޝަތު ރަމީލާ
  • ޓްރާންސްޕޯޓް މިނިސްޓަރު - މުހައްމަދު އަމީން (ކެޕްޓަން އަމީން)
  • ހަޔާ އެޑިއުކޭޝަން މިނިސްޓަރު - ޑރ. ،މަރިޔަމް މާރިޔާ
  • ފޮރިން މިނިސްޓަރު - މޫސާ ޒަމީރު
  • ހެލްތު މިނިސްޓަރު - ޑރ. އަބްދުﷲ ޚަލީލް
  • އެޑިޔުކޭޝަން މިނިސްޓަރު - ޑރ. އިސްމާއީލް ޝަފީއު
  • ފިނޭންސް މިނިސްޓަރު - ޑރ. މުހައްމަދު ޝަފީގް
  • އިކޮނޮމިކް މިނިސްޓަރު - މުހައްމަދު ސައީދު
  • ސްޕޯޓްސް މިނިސްޓަރު - ޑރ. އަބްދުﷲ ރާފިއު
  • އިންފްރާސްޓްރަކްޗާ އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު - ޑރ. އަބްދުﷲ މުއްތަލިބް
  • ހައުސިން މިނިސްޓަރު - ޑރ. އަލީ ހައިދަރު އަހްމަދު
  • ބަންޑާރަ ނައިބު - އަހްމަދު އުޝާމް

އިންތިހާބީ ރައީސް މުއިއްޒުގެ ސަރުކާރުގައި ބައެއް އާ ވުޒާރާތައް ވެސް ހިމެނެ އެވެ. މީގެތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ލޯކަލް ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް ފަސޭހަކޮށްދިނުމަށް އުފައްދާފައިވާ ލޯކަލް ގަވާނަންސް މިނިސްޓްރީ އެވެ. މީގެ އިތުރުން ސްޕޯޓްސް އާއި ޒުވާނުންގެ ވުޒާރާ އަދި ހައުސިން އާއި ކޮންސްޓްރަކްޝަން ވަކިކޮށްލައިގެން އުފައްދާފައިވާ ދެ ވުޒާރާ ވެސް ފާހަގަކުރެވެ އެވެެ.