ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގދ. ތިނަދޫ

ތިން މަސް ފަހުން ތިނަދޫގެ މޮނީޓަރިން އުވާލައިފި

Jul 25, 2021

ތިން މަސް ފަހުން ގދ. ތިނަދޫގެ މޮނީޓަރިން އުވާލައިފި އެވެ.

ތިނަދޫގެ މޮނީޓަރިން އުވާލައިފައިވާކަން އެޗްއީއޯސީ އިން ވެސް މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.

އެރަށް މޮނީޓަރިންއިން ނެގި ނަމަވެސް އަދިވެސް ބަލިޖެހިފައި 79 މީހަކު އެބަ ތިއްބެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ތިން މީހަކު ވަނީ އަލަށް ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

ތިނަދޫ އިން މިހާތަނަށް 927 މީހަކަށް ވަނީ ބަލިޖެހިފަ އެވެ. އެރަށުން ބަލީގައި ދެ މީހަކު ވެސް ވަނީ މަރުވެފަ އެވެ.

ތިނަދޫގައި ބަލީގެ ހާލަތު އެންމެ ގޯސްވި ދުވަސްތަކުގައި ތިނަދޫގައި ވަނީ 24 ގަޑިއިރު ކާފިއު ވެސް ހިންގާފަ އެވެ. ބޭރަށް ނުކުމެވެނީވެސް ހަފްތާއަކު އެއްފަހަރު އެއް ގެއިން އެކަކަށް، އެއް ގަޑިއިރަށެވެ. ނަމަވެސް މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އެރަށަށް ވަނީ ލުއިތަކެއް ވެސް ދީފަ އެވެ.