ދުނިޔެ

ރަޝިއާ ޑްރޯންތައް ޒަމާނަށްވުރެ ކުރީގައި

ރަޝިއާގެ ޒަލާ އެއޮރޯއިން ޒަމާނީ ޑްރޯންތަކެއް ދައްކާލައިފި އެވެ. މިއީ އަސްކަރީ ފެންވަރުގެ ޑްރޯންތަކެކެވެ. އޮތްތަނުން ނައްޓާލައި އުދުހި ގޮސް ދިމާ ސީދަލަށް ބިމަށް ތިރި ކުރުމުގެ ކުޅަދާނަކަން ލިއްބައި ދީފައިވާ މި މަރުކާގެ ޑްރޯންތައް ދައްކާލާފައި ވަނީ ރަޝިއާގައި އޮތް އެއާ ޝޯއެއްގަ އެވެ.

ޒަލާ އެއޮރޯގެ އޮފިޝަލަކު ރިޕޯޓަރުންނަށް ވިދާޅުވި ގޮތުން ޑްރޯނާ ހަވާލުރާ މިޝަނެއް / މަސައްކަތެއްގެ ސަބަބުން ވެސް ޑްރޯނަށް ލިއްބައިދޭ ގާބިލްކަން ތަފާތު ކުރެވެ އެވެ. މިއީ ވައިގެ ތެރޭގައި 200 ކިލޯމީޓަރު އުހުން އުދުހުމުގެ ކުޅަދަކަން ލިއްބައި ދީފައިވާ ޑްރޯންތަކެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޖެހިލުމެއް ނެތި ހަތަރު ގަޑިއިރު އުދުހި އުދުހި އޮންނާނެ ކަމަށެވެ.

ޒަލާ ވީޓީއޯއެލް – ވާޓިކަލް ޓޭކް-އޯފް އެންޑް ލޭންޑިން، ޑްރޯންތަކުގައި އާޓިފިޝަލް އިންޓެލިޖެންސް ހިމަނާފައިވެ އެވެ. އެއީ މަންޒަރުތައް ހައިޑެފިޝަން ފެންވަރަށް ރެކޯޑް ކުރުމުގައި ކުރިން ޕްރޮގްރާމްކޮށްފައި ހުންނަ ފެންވަރަށް ކެމެރާތައް މަސައްކަތް ކުރުވުމަށެވެ.

އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ޑްރޯނަށް ބުނެދީފައި އޮންނަ މަންޒިލް ނޫން ތަނަކަށް – މޫސޫމީ ބަދަލެއްގެ ސަބަބުން ދެވޭ ގޮތްވި ނަމަވެސް ކޮންޓްރޯލަރުންނަށް ހާލަތު އަންގައިދެ އެވެ. އެސަރަހައްދެއްގެ ފިނިހޫނުމިނާއި ހަރަކާތްކުރާ އެއްޗެއް އުޅޭ ނަމަ އެ އެއްޗަކަށް ފޯކަސްކޮށްދެ އެވެ. މިއީ އޮޕަރޭޓަރުން އިތުރު މަސައްކަތެއް ކުރުމެއް ނެތި ޑްރޯން ހަރަކާތެރިވާ ގޮތެވެ.

ޑްރޯނުން ރެކޯޑްކުރާ ވީޑިއޯ އަދި ނަގާ ފޮޓޯތައް ކޮންޓްރޯލަށް ފޮނުވަނީ އެންކްރީޕްޓްކޮށްފަ އެވެ. މިއީ ދުޝްމަން ފާރަވެރިންނަށް މައުލޫމާތު ދަމައިގަންނަން ދަތިކުރުމަށް ކުރެވޭ ކަމެކެވެ.