ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ފަސް ދުވަހަށް ފަހުން އަނެއްކާވެސް ދިއްދޫ ބަންދު

މީގެ ފަސް ދުވަސް ކުރީން އެޗްޕީއޭގެ މޮނިޓަރިން އިން ނެގި ތިލަދުންމަތީ އުތުރުގެ ވެރި ރަށް ދިއްދޫ އަނެއްކާވެސް މޮނިޓަރިން އަށް ގެނެސް އަރާ ފޭބުން މަނާކޮށްފި އެވެ.

ދިއްދޫ މޮނިޓަރިން އަށް ގެނެސްފައިވަނީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެ ރަށް މޮނިޓަރިންއަށް ގެނައި މިއީ ތިންވަނަ ފަހަރެވެ.

މި މަހުގެ 21 ވަނަ ދުވަހު އެ ރަށް މޮނިޓަރިން އިން ނަގާ ހުޅުވާލީ 28 ދުވަހުގެ ބަންދަކަށް ފަހު އެވެ.

އެޗްޕީއޭއިން ބުނީ ދިއްދޫ އިން މިއަދު ޕޮޒިޓިވްވީ މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެ ރަށް މޮނިޓަރިންގައި ބާއްވާނެ ކަމަށެވެ. މި މުއްދަތުގައި އެ ރަށަށް އަރާ އަދި ފޭބުން މަނާވާނެ ކަމަށެވެ.

ދިއްދޫގެ އިތުރުން 13 ރަށެއް މިވަގުތު މޮނިޓަރިންގައި އެބަ އޮތެވެ. އެއީ ފ. ފީއަލި، ފުވައްމުލަކު ސިޓީ، ގއ. ވިލިގިލި، އއ. ތޮއްޑޫ، ރ. ދުވާފަރު، ގއ. ކޫއްޑޫ، ރ. މީދޫ، ކ. ގުރައިދޫ، ށ. ފޯކައިދޫ، ގދ. ނަޑެއްލާ، ކ. ކާށިދޫ، އއ. ރަސްދޫ އަދި ހދ. ކުޅުއްފުށި ސިޓީ އެވެ.