ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އދ. ދިއްދޫ

އެހެން ރަށްރަށުން ދިއްދޫއަށް ނަރުހުން ހޯދައިފި

ހއ. ދިއްދޫގައި ހުންނަ އެ އަތޮޅުގެ އަތޮޅު ހޮސްޕިޓަލް ގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ނަރުހުން ކަރަންޓީނުގައި ތިބެން ޖެހި ހިދުމަތަށް ބުރޫއެރުމުގެ ސަބަބުން އެހެން ރަށްރަށުން ދިއްދޫއަށް ނަރުހުން ގެންގޮސްފި އެވެ.

ދިއްދޫން ނެގި ރެންޑަމް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށް އެޗްޕީއޭއިން ބަންދު ކޮށްފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުގަ އެވެ. އެ ރަށުގެ ކޮވިޑްގެ ހާލަތު ކޮންޓްރޯލްވެފައި ވެއެވެ. ނަމަވެސް އެ ރަށު ހޮސްޕިޓަލަށް ނަރުހުން މަދުވެ ދައްޗާ ކުރިމަތިވެފައި ވެއެވެ.

އަތޮޅު ހޮސްޕިޓަލުގެ ޒިންމާދާރުވެރިޔާ މުހައްމަދު ރަޝީދު ވިދާޅުވީ އެހެން ދިމާވީ ހޮސްޕިޓަލުގެ މުވައްޒަފުންގެ މެދުގައި ނެގި ސާމްޕަލަށް ޕޮޒިޓިވް ވުމުން ކަމަށާއި ބަލި މީހާއާ ކޮންޓެކްޓުވި އިތުރު ދެ ބިދޭސީ ނަރުހުން ވަނީ ޕޮޒިޓިވްވި ކަމަށެވެ.

ހޮސްޕިޓަލުގެ 15 ނަރުހެއް ކޮންޓެކްޓުން ގޮތުގައި ދެނެގަނެވިފައިވެ އެވެ. އެމީހުން މިހާރު ތިބީ ކަރަންޓީނުގަ އެވެ. ކަމަށް ރަޝީދު ވިދާޅުވީ ބައެއް ނަރުހުން ޕޮޒިޓިވްވެ، ގިނަ ނަރުހުންތަކެއް ކަރަންޓީނުގައި ތިބުމުނުް ހޮސްޕިޓަލުގެ ހިންގުމަށް ގޮންޖެހުންތަކަކާ ދިމާވި ކަމަށެވެ.

ދިއްދޫ ހޮސްޕިޓަލަކީ އަތޮޅު ހޮސްޕިޓަލަކަށްވުމުން ގިނަ ބަޔަކު ފަރުވާ ހޯދަން ދެއެވެ. އެހެންކަމުން ކައިރި ރަށްރަށުން ވަގުތީގޮތުން 15 ނަރުހުން ހޯދުމުގެ މަސައްކަތް ފަށާ މިހާރު ނަރުހުން ލިބިފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ. ނަރުހުން ތިބީ ދިއްދޫގައި ކަމަށާއި މަސައްކަތް ފަށައިފި ކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން ހޮސްޕިޓަލުގެ ހިދުމަތްތަކަށް ދިމާވި ގޮންޖެހުން ވަނީ ހައްލުކުރެވިފަ ކަމަށެވެ.

ކޮވިޑްގެ ކޭސްތަކެއް ފެނި މޮނިޓަރިންނަށް ލާފައިވާ ދިއްދޫގައި މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ ނުވަ އެވެ. އެއީ ހޯމް ކަރަންޓީމުގައި ތިނި ހަ މީހުންނާއި ތިން ނަރުހުން ނެވެ. ދިއްދޫ އިން މިހާތަނަށް ކޮވިޑްގައި ވަނީ ހަތަރު މީހަކު މަރުވެފަ އެވެ.