ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި ދިއްދޫއިން މަރެއް

ހއ. ދިއްދޫގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.

ދިއްދޫ ހޮސްޕިޓަލުގެ ޑިރެކްޓަރު ހުސަން ސިމާން އަވަސް އަށް ވިދާޅުވީ މިއަދު ހެނދުނު 10:30 ހާއިރު މަރުވެފައިވަނީ 62 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެއީ ކޮވިޑް ބަލި ޖެހިގެން އައިސޮލޭޝަންގައި ހުރި މީހެއް ކަމަށް ވެސް ވިދާޅުވި އެވެ.

ސިމާން ވަނީ ދިއްދޫގައި ކޮވިޑް ފެސިލިޓީއެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އަދި ވިދާޅުވީ ހއ. އަތޮޅުގައި މިހާރު ހުންނަނީ އެންމެ ކޮވިޑް ފެސިލިޓީއެއް ކަމަށާއި އެތަނުގައި ވެސް ޑޮކްޓަރުން ނެތުމުގެ ސަބަބުން ދަތިތަކަކާއި ކުރިމަތިވާ ކަމަށެވެ.

މިއަދުގެ މަރާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިވަނީ 259 އަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،981 މީހުންނެވެ. މިހާތަނަށް 91،118 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 18 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.