ދުނިޔެ

މައިކްރޮސޮފްޓްއިން އޮޔޯއަށް އިންވެސްޓް ކުރަނީ

މައިކްރޮސޮފްޓްއިން ސޮފްޓްވެއާ މާކެޓާ ފެއަށް ޖެހިލައި ދުވަހު ކުއްޔަށް ކޮޓަރި ދޫކުރަނީ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާގެ ބަޖެޓް ހޮޓެލް ޗެއިން، އޮޔޯގައި އިންވެސްޓް ކުރަން، ކުރެވެން ހުރި ހުރިހާ މަސައްކަތެއް މައިކްރޮސޮފްޓުން ކޮށްފި އެވެ.

ޓެކް ކްރަންޗުން ބުނާ ގޮތުން މައިކްރޮސޮފްޓުން އޮޔޯއާއެކު މަޝްވަރާކޮށް ނިންމައިފި އެވެ. މިކަން ހިނގަމުންދާ ގޮތް ދެނެތިބީންނާ ހަވާލާދީ ޓެކް ކްރަންޗުން ބުނަނީ ދެން އޮތީ ގޮތެއް ނިންމުން ކަމަށެވެ.

މައިކްރޮސޮފްޓުން އޮޔޯގައި އިންވެސްޓްކުރަނީ ސީދާ ކޮން ބޭނުމެއްގައި ކަމެއް ނޭނގެ އެވެ. މި މުއާމަލާތާ ބެހޭ ގޮތުން ބޮޑަށް ބެލެވެނީ މިއީ އޮޔޯއަށް މައިކްރޮސޮފްޓުން ކޮށްދޭ ހެޔޮ ކަމެއް ކަމަށެވެ.

ދުނިޔޭގައި ކޮވިޑް ފެތުރިގަތުމާ ގުޅިގެން ފަގީރު ކުންފުނިތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ. ދުވަހު ޚަރަދު ފޫބައްދައި ކިރިޔާ އުޅެވޭވަރުގެ ކުންފުނިތަކަށް މާލީ އެހީތެރިކަން ބޭނުންވެފައި ވާއިރު އޮޔޯ ދެމެހެއްޓުމަށްޓަކައި އިންވެސްޓްކުރުމަކީ ދިގު މުއްދަތަކަށް ރަނގަޅު ކަމަކަށް ވެދާނެ އެވެ.

މައިކްރޮޮސްޓުން އިންވެސްޓްކުރާ އަދަދެއް އަދި އާންމެއް ނުކުރެ އެވެ. އެހެން ނަމަވެސް، އިންވެސްޓްކުރާ ހިސާބުން އޮޔޯގެ ހުރިހާ ޚިދުމަތްތަކެއް މައިކްރޮސޮފްޓް ކްލައުޑް ޚިދުމަތަށް ބަދަލުވާނެ އެވެ.