މޯލްޑިވްސް ކަސްޓަމްސް ސާވިސް

11،000 ލީޓަރުގެ ބަނގުއާވި ނައްތާލައިފި

Aug 1, 2021

11،000 ލީޓަރުގެ ބަނގުއާވި ނައްތާލައިފި އެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ބުނީ 11،100 ލީޓަރުގެ ބަނގުއާވި މި މަހުގެ 29 ވަނަ ދުވަހު ތިލަފުށީގައި ނައްތާލާފައިވާ ކަމަަށެވެ. މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއާ ހައުސްގައި ހުންނަ މުއްދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ އެ ނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސް އިން އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލި ތަކެއްޗެވެ.

މި ތަކެތި ނައްތާލީ މީޑިއާތަކުގެ ހާޒިރުގައެވެ.