ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ބުކިން މައްސަލަ ހައްލުކޮށްދޭން ޑެސްކުތަކެއް

ވެކްސިން ޖެހުމަށް ވެބްސައިޓް މެދުވެރިކޮށް ބުކިން ހެއްދުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށް ދިނުމަށް ވެކްސިން ސެންޓަަރުތަކުގަައި ހެލްޕް ޑެސްކުތަކެއް ބަހައްޓައިިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާދަމާއިން ފެށިގެން ވެކްސިން ޖެހުމަށް ވެބްސައިޓް މެދުވެރިކޮށް ބުކިން ހެއްދުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށް ދިނުމަށް ހުރިހާ ވެކްސިން ސެންޓަަރުތަކުގަައި ހެލްޕް ޑެސްކުތަކެއް ހުންނާނެ ކަމަށެވެ.

އަދި ބިދޭސީންނާއި ދިވެހިންނަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓްގެ ހެލްޕް ޑެސްކެއް ސަލްޓަންޕާކު ސަރަހައްދުގައި ހުންނާނެ ކަމަށެވެ.

ރާއްޖެއަކީ ކޮވިޑް ވެކްސިން ކެންޕެއިން އެންމެ ކާމިޔާބުކޮށް ހިންގާ އެއް ގައުމެވެ. ވެކްސިން ހޯދަން ސަރުކާރުން ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އިންޑިއާ އާއި ޗައިނާގެ ގުޅުން ހަރުދަނާކޮށް އެ ދެ ގައުމުންވެސް ވެކްސިންގެ ބޮޑު ސްޓޮކެއް ހިލޭ ހޯދާފައިވެއެވެ. އަދި އެކި ކުންފުނިތަކަށް ފައިސާ ދައްކައިގެން ވެކްސިން ހޯދުމަށް އެކި މަސައްކަތްތައް ކޮށްފައިވެއެވެ.

ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ދިވެހި އާބާދީއަށް ބޭނުންވާ މިންވަރަށް ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ހޯދިފައިވާ ކަމަށެވެ. އަދި އެއީ މިވަގުތަށް އެ ފުރުސަތު ލިބިފައިވާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމު ކަން ފާހަގަ ކުރެއްވިއެވެ.

މަބުރޫކް ވަނީ އާންމު ހާލަތަށް ދިއުމަށް ވެކްސިންގެ މުހިންމު ކަން ފާހަގަ ކުރައްވާ ވެކްސިން ކެންޕެއިނަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ވެކްސިން ޖެހުމަށް ގިނަ ބަޔަކަށް ބާރު އެޅުމަށް އެދިވަޑައިގެންނެވިއެވެ.

ސަރުކާރުން ވަނީ އާބާދީގެ 90 ޕަސެންޓަށް ވެކްސިން ދިނުމަށް ހާއްސަ ކެންޕެއިނެއް ފަށާފައެވެ.