ފޭސްބުކް

"ބައްޕައަކަށް ވުމަށް" ޒަކަބާގް ފޭސްބުކްއާ ދުރަށް

ޒަކަބާކް އާއި އޭނާގެ އަންހެނުންނާ އެކު.
0%
0%
0%

ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގްގެ ދެމަފިރިން އެމީހުންގެ ފުރަތަމަ ދަރިފުޅު އުފަންވާ ދުވަހަށް އިންތިޒާރު ކުރަމުންދާއިރު، ދަރިފުޅު އުފަންވުމުން ދެމަސް ދުވަހަށް ފޭސްބުކް އާއި ދުރަށް ދާނެ ކަމަށް ޒަކަބާގް ބުނެފިއެވެ.

"މިއީ އަހަރެންގެ ވަރަށް ޒާތީ ނިންމުމެއް. އަހަރެމެންގެ އަންހެން ދަރިފުޅު އުފަންވުމުން، ދެމަސް ދުވަހުގެ ޗުއްޓީއެއް ނަގަން އަހަރެން ނިންމައިފިން." އޭނާގެ ފޭސްބުކް ޕޭޖުގައި ޒަކަބާގް އިއްޔެ އިއުލާނު ކޮށްފައި ވެއެވެ.

ފޭސްބުކް އިން އެކުންފުނީގެ މުއައްޒަފުންނަށް ވިހެއުމުން ހަތަރު މަސް ދުވަހުގެ ޗުއްޓީއެއް ފުރިހަމަ މުސާރައާއި އެކު ދެއެވެ. އަދި މި ޗުއްޓީ ވިހާ އަހަރުގެ އެކި ހިސާބުތަކަށް ބަހާލައިގެން ވެސް ނެގެއެވެ. އަނބިމީހާ ވިހެއުމުން ފިރިންނަށްވެސް ހަމަ މި އުސޫލުން ޗުއްޓީދެއެވެ. އެހެން ކަމުން ޒަކަބާގެ މި ޗުއްޓީ އާންމު މުއައްޒަފުންގެ ޗުއްޓީއަށްވުރެ ކުރު ކަން ފާހަގަ ކުރެވެއެވެ.

ލިބޭ ދަރިފުޅަށް ތައްޔާރުވުމުގެ ގޮތުން ޒަކަބާކް ހޯދާފައިވާ ބައެއް ތަކެތި.

ޒަކަބާގްއާއި އޭނާގެ އަންހެނުން ޕްރިސީލާ އެމީހުންގެ ފުރަތަމަ ދަރިފުޅުގެ ވާހަކަ އިއުލާނުކުރީ މިދިޔަ ޖުލައިގައެވެ. އޭގެ ކުރިން ބައިގެންދިއުމުގެ ހިތާމައާ މިދެމަފިރިން އެތައް ފަހަރަކު ކުރިމަތިލިއެވެ.

ޒަކަބާގް ޕެޓާނިޓީ ލީވަށް ދެމަސް ދުވަސް ނަގާއިރު ޔާހޫގެ ގެ ސީއީއޯ މެރިއްސާ މޭޔާ ބުނެފައިވަނީ އޭނާ އަންނަ މަހު ޓްވިންސް އެއް ވިހެއުމަށް ނަގާނީ ކުޑަ ދުވަސްކޮޅެއްގެ ޗުއްޓީއެއް ކަމަށެވެ. އަދި އޭނާގެ މާބަނޑު ދުވަސްތައް ދަނީ ވަރަށް އޮމާންކޮށް ކަމަށާއި "ވިހަން ވާންދެން" އޮފީސް ދޫކޮށްނުލާނެ ކަމަށެވެ. ފޭސްބުކް އާއި އަޅާބަލާއިރު، ޔާހޫ އިން އެމީހުންގެ މުއައްޒަފުން ވިހެއުމުން ދެނީ އަށް ހަފްތާއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345