ދުނިޔެ

މެޓާއިން 60 ބިލިއަން މިއަހަރު އެމެރިކާގައި އިންވެސްޓްކުރާނެ: ޓްރަމްޕް

މާކް ޒުކަބާގް (ކަނާތުގައި) އަދި ޑޮނަލްޑް ޓްރަމްޕް -- ފޭސްބުކާއި، ވަޓްސްއެޕް އަދި އިންސްޓާގްރާމްގެ ވެލެނިވެރި ކުންފުނި މެޓާއިން 60 ބިލިއަން މިއަހަރު އެމެރިކާގައި އިންވެސްޓްކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވި
0%
0%
0%

ފޭސްބުކާއި، ވަޓްސްއެޕް އަދި އިންސްޓާގްރާމްގެ ވެރިޔާ މާކް ޒުކަބާގް ތަންކޮޅެއް ގިނައިން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުއަށް ވަޑައިގަންނަވާ ކަމަށް ޚަބަރުތަކުގައި ބުނެވިފައި ވަނިކޮށް -- މާކް ޒުކަބާގް ވައިޓް ހައުސްއަށް ވަޑައިގަންނަވާ ސަބަބު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުން މެޓާއަށް ނިސްބަތްވާ ކުންފުނިތަކުން މި އަހަރު 60 ބިލިއަން އިންވެސްޓްކުރަނީ އެމެރިކާއަށް ފައިދާކުރާ ގޮތުގައި ކަމަށެވެ.

އެމެރިކާގައި ވަކި ވަރެއް އިންވެސްޓްކުރަން މެޓާއަށް އަންގާފައި ނުވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް، ފޭސްބުކުގެ ވެރިން ވައިޓް ހައުސްއަށް ވަޑައިގެން އިވެސްޓްމަންްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވީ ކަމަށް އޭނާ ވިދާޅުވި އެވެ.

މާކް ޒުކަބާގަކީ ޓްރަމްޕްގެ ޓެކް ވިޝަންގެ ބައިވެރިއެކެވެ. އޭނާ ވަނީ ޓްރަމްޕްގެ ޓެކްނޮލޮޖީ ސިޔާސަތަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މެޓާގެ އިތުރުން ޖެނެރަލް މޯޓަރުން ވެސް އެމެރިކާގައި މި އަހަރު 60 ބިލިއަން އިންވެސްޓްކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި އެޕަލުން 500 ބިލިއަން އިންވެސްޓްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެޕަލްގެ އިންވެސްޓްމަންޓަކީ ތަންކޮޅެއް ބޮޑު އަދަދަށް ވާތީ، އެޕަލްގެ އިންވެސްޓްމަންްޓްތައް ހަތަރު އަހަރަށް ބަހާލާފައިވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް އަދި ވިދާޅުވީ އެމެރިކާގެ ޓެކް ކުންފުނިތަކުން ދައުލަތަށް ފަސޭހަކޮށްދޭ ނަމަ، ދައުަލތުން ވެސް އެކަން ދަންނާނެ އެވެ. އަދި އެ ކުންފުނިތަކަށް ފިޔަފާރި ފުރުސަތުތައް ފަހިކޮށްދެއްވުމާއި ޓެކްސް ކުޑަކޮށްދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕްގެ ސިޔާސަތުތަކަށް ދެކޮލުހަދައި، އިންވެސްޓްކުރަން ބޭނުންނުވާ ކުންފުނިތަކަށް އޮތީ އާދައިގެ އެހެން ކުންފުނިތައް ފަދައިން ސަރުކާރުން ކަނޑައަޅާ އަދަދަކަށް ޓެކްސް ދެއްކުންކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

Send us your opinion
Sign in or register to be part of avas community
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345