ދުނިޔެ

މާކް ޒަކަބާގާއި ޑޮނަލްޑް ޓްރަމްޕް ރޭގަނޑުގެ ފަރީއްކޮޅެއްގައި

ޑޮނަލްޑް ޓްރަމްޕް (ވާތުގައި) އަދި މާކް ޒަކަބާގް -- ޒަކަބާގްގެ އެދިވަޑައިގަތުމަށް ޓްރަމްޕްގެ ގަނޑުވަރުގައި ބައްދަލުކުރައްވަނީ
0%
0%
0%

މާކް ޒަކަބާގާއި ޑޮނަލް ޓްރަމްޕް ރޭގަނޑުގެ ފަރީއްކޮޅެއްގައި ބައިވެރިވެވަޑައިގެންފި އެވެ.

މި ފަރީއްކޮޅަށް އެދިވަޑައިގަތީ، ފޭސްބުކާއި އިންސްޓާގްރާމް އަދި ވަޓްސްއެޕްގެ ވެރިޔާ، މާކް ޒަކަބާގް އެވެ. ފަރީއްކޮޅު އޮތީ، އެމެރިކާގެ އިންތިޚާބީ ރައީސް، ޑޮނަލްޑް ޓްރަމްޕްގެ އަމިއްލަ ގަނޑުވަރު މާރަލާގޯގަ އެވެ.

މިއީ އާންމުނަށް ފޮރުވިގެން ބޭއްވި ބައްދަލުވުމެއް ނަމަވެސް، މާރަލާގޯ ގޯތިތެރޭގައި ޒަކަބާގް އުޅުއްވާ މަންޒަރު ނޫސްވެރިންނަށް ފެނި މިހާރު ވަނީ އާންމުވެފަ އެވެ.

އެމެރިކާގެ ރައީސްގެ މަގާމު 2020 ގައި ޑޮނަލްޑް ޓްރަމްޕަށް ގެއްލިވަޑައިގަތުމާ ގުޅިގެން އޭނާ ވަނީ އޭނާގެ ސަޕޯޓަރުން ލައްވައި އެމެރިކާގައި ހަމަނުޖެހުން ހިންގަވާފަ އެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ހަމަނުޖެހުމަށް އުފެއްދުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް ނެޓްވޯކްތަކުގައި ޓްރަމްޕް ހިންގަވާ އެކައުންޓްތައް ވަނީ ވަކި މުއްދަތަކަށް ބަންދުކޮށްފަ އެވެ.

ޓްރަމްޕަށް މަނާކުރި އެކައުންޓްތަކުގެ ތެރޭގައި ޓްވިޓާ، ފޭސްބުކް، އިންސްޓާގްރާމް އަދި ވަޓްސްއެޕް ވެސް ހިމެނެ އެވެ.

މާކް ޒަކަބާގްގެ މި ހަރަކާތަކީ ޑޮނަލްޑް ޓްރަމްޕް މި ފަހަރު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން އެޅުއްވި ފިޔަވަޅެކެވެ. ޓްރަމްޕާ ގާތް ގުޅުމެއް އުފައްދަން ކުންފުނިތަކުގެ ވެރިން މަސައްކަތްކުރަމުން އަންނަ ދަނޑިވަޅެއްގައި، މާކް ޒަކަބާގް ވެސް ހިމެނިވަޑައިގަތީ އެވެ.

އެމެރިކާގެ ރައީސްގެ ހުވައިކުރެއްވުމަށް ފަހު ޓްރަމްޕަށް އިހާނެތިކޮށް ހިއްތެވި ކުންފުނިތަކާ ދެކޮޅަށް އަޅުއްވަފާނެ ފިޔަވަޅަކާ މެދު ކުންފުނިތަކުގެ ވެރިން މިހާރު ވެސް ތިއްބެވީ ބިރުންނެވެ.

ރިޔާސީ އިންތިޚާބަށް ކެމްޕޭންކުރެއްވި ދުވަސްވަރު ޓްރަމްޕް ވަނީ ފޭސްބުކަށް އުގޫބާތްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ފޭސްބުކުން ބޮޑު ޓެކުހެއް ނަންގަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345