މާލޭ ސިޓީ ކައުންސިލް

ފްލެޓް ވެރިންނަށް ސަބްސިޑީ ހޯދަން ސިޓީ ކައުންސިލުން އެންސްޕާއަށް

ހިޔާ ފްލެޓެއް ތެރޭ ބަޔަކު: ފިނިޝިން މަސައްކަތައް ސަބްސިޑީ ހޯދައިދޭން ސިޓީ ކައުންސިލުން ވަނީ އެންސްޕާއަށް ހުށަަހަޅާފައި
0%
0%
0%

ހިޔާ މަޝްރޫއުން ފްލެޓް ލިބުނު މީހުންނަށް، ފްލެޓްގެ ފިނިޝިންގެ މަސައްކަތް ކުރަން ސަބްސިޑީ ހޯދައިދިނުމަށް މާލެ ސިޓީ ކައުންސިލުން އެންސްޕާ އަށް ހުށަހަޅައިފި އެވެ.

ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މިއަދު އަވަސްއަށް ވިދާޅުވީ ފްލެޓް ލިބުނު މީހުންނަށް ކުރުމަތިވެފައިވާ މާލީ ބުރަތަކަށް ލުއި ހޯދައިދިނުމަށް ނުކުރާނެ އެއްވެސް މަސައްކަތް ނޯންނާނެ ކަމަށެވެ. އެގޮތުން މިހާރު ވާނީ ހިޔާ ފްލެޓް ލިބުނު މީހުންނަށް ލުޔެއް ހޯދައިދިނުމަށް އެންސްޕާއިން ސަބްސިޑީ ހޯދުމަށް ހުށަހަޅާފައި ކަމަށް ވިދާޅުވި އެވެ.

ނަމަވެސް މިހާތަނަށް އެންސްޕާގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށްވެސް ނަރީޝް ވަނީ މައުލޫމާތު ދެއްވާފަ އެވެ.

"އެންސްޕާގެ ގާނޫނުގައި ބޯހިޔާވަހިކަމަށް ސަބްސިޑީ ދޭން ޖެހޭ ކަމަށް އޮވޭ. ފްލެޓްތަކުގެ ފިނިޝިން މަސައްކަތަކީ ވަރަށް ބައިވަރު ހަރަދު ދާނެ ކަމެއް. އަޅުގަނޑަށް އެކަނިވެސް ލައްކައެއްހާ ރުފިޔާ ދާނެ. އެ ވަރަކަށް ރައްޔިތުން އަތުގައި ފައިސާއެއް ވެސް ނުހުންނާނެ. އެހެންވީމަ އެކަމަށް ލުޔެއް ހޯދައިދެވޭތޯ މި މަސައްކަތް ކުރަނީ،" ނަރީޝް ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް ސަރުކާރުން ކަނޑައަޅާފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތެކެވެ. ނަމަވެސް އެ މުއްދަތު ނުވަ މަސްދުވަހަށް އިތުރު ކޮށްދިނުމަށް ވެސް މާލެ ސިޓީ ކައުންސިލުން ގެންދަނީ ތަކުރާރުކޮށް ސަރުކާރަށް ގޮވާލަމުންނެވެ.

މިކަމަށް ލުޔެއް ހޯދައިދިނުމަށް ޕެންޝަން ފަންޑުގައި ފައިސާ ހުރި މީހުންނަށް ފްލެޓްތައް ނިންމުމުގެ ހަރަދު ހަމަޖައްސައިދިނުމަށް ވެސް މާލެ ސިޓީ ކައުންސިލުން ސަރުކާރުގައި ކުރިން އެދިފައިވެ އެވެ. ނަމަވެސް ޕެންޝަން އޮފީހުން ބުނެފައި ވަނީ އެގޮތަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރަން ގާނޫނުން ތަންނުދޭ ކަމަށާއި އެކަން ކުރެވޭނީ ގާނޫނު އިސްލާހުކޮށްގެން ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7،500 ރުފިޔާ އެވެ. ހިޔާ ފްލެޓުތަކުގައި ތަށިމުށި ޖެހުމާއި، ދޮރުތައް ހަރު ކުރުމާއި، ފަންކާ އާއި ބޮކި ފަދަ ތަކެތި ހަރުކުރުމުގެ މަސައްކަތް ކުރަންޖެހެނީ ފްލެޓް ލިބުނު މީހުންގެ އަމިއްލަ ހަރަދުގަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910