ހަބަރު

ފްލެޓްގެ އަދަދު މަދުވީ މި ސަރުކާރުން ގެނައި ބަދަލާހެދި

ހިޔާ ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ދަނީ: ފްލެޓްގެ އަދަދު ވަނީ މަދުވެފައި -- އަހުމަދު ޝުރާއު | އަވަސް
0%
0%
0%

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޅި ޓަވަރުތަކުގެ ފްލެޓްތަކުގެ އަދަދު މަދުވީ މި ސަރުކާރުން އެ މަޝްރޫއުއަށް ގެނައި ބަދަލުގެ ސަބަބުންކަން އެނގިއްޖެ އެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން އިއްޔެ ވިދާޅުވީ ހިޔާ މަޝްރޫއުގައި 7،000 ފްލެޓް ހިމެނޭ ކަމަށް ބުނި ނަމަވެސް ހުރީ 6،860 ފްލެޓް ކަމަށެވެ. އަދި އެ ފްލެޓްތައް ލިބޭނެ ކަމުގެ ލިޔުން 11،000 މީހަކަށް ދޫކޮށްފައިވާ ކަމަށެވެ.

ނަމަވެސް 7،000 ފްލެޓް، 6،860 މަދުވި ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ. ނަމަވެސް މި ސަރުކާރުން ވަނީ ޓަވަރުތަކުގެ ގްރައުންޑް ފްލޯ ވިޔަފާރިތަކަށް ދޫކުރަން ނިންމައި އިމާރާތްތަކުގެ އޮނިގަނޑަށް ބަދަލު ގެނަ އެވެ. އެކަމާހުރެ ފްލެޓްތައް މަދުވީ އެވެ.

ހިޔާ މަޝްރޫއު ހިންގެވުމުގައި އުޅުއްވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުން އެ މަޝްރޫއު ކުރިއަށް ދިޔައިރު 7،000 ފްލެޓް ހުންނާނެ ކަމަށެވެ. އެ ފްލެޓްގެ އަދަދު މަދުވެފައިވާނަމަ އެ މަދުވެފައިވަނީ މި ސަރުކާރުން މަޝްރޫއުއަށް ގެނައި ބަދަލެއްގެ ސަބަބުން ކަމަށެވެ.

ކުރީ ސަރުކާރުން ވަނީ 7،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ވެސް ގެޒެޓްކޮށްފަ އެވެ. ނަމަވެސް އެ ލިސްޓްގައި ބޮޑެތި މައްސަލަތައް އުޅޭ ކަމަށް މި ސަރުކާރުން ބުނެ އެވެ. އަދި އެކަމަށް ކޮމިޓީއެއް ހަދައި އެކަންކަން ދަނީ ބަލަމުންނެވެ. ނަމަވެސް މިހާތަނަށް ކޮމިޓީއިން އަދި ވަކި ގޮތްތަކެއް ނިންމާފައެއް ނުވެ އެވެ.

ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުން މަޝްރޫއުއަކަށް ބަދަލެއް ގެންނަ ނަމަވެސް އެކަން ގެންނަން ވާނީ ރައްޔިތުންނަށް ގެއްލުން ނުވާނެ ގޮތުގެ މަތިންނެވެ. ރައްޔިތުންނަށް ލިބެންހުރި ފްލެޓްތަކެއް އުނިވެގެން ނުވާނެ އެވެ.

މި ސަރުކާރުން އެންމެ ފުރަތަމަ ވެސް ހިޔާ ފްލެޓްތަކުގެ އޮނިގަނޑަށް ބަދަލުތައް ގެނެސް، ކޮޓަރީގެ އަދަދު އިތުރު ކުރުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެ މަޝްރޫއަކީ ލޯނު ނަގައިގެން ހިންގާފައިވާ މަޝްރޫއުއަކަށްވެފައި މަޝްރޫއުގެ މެދު ތެރެއިން އެ ބަދަލު ގެނައުމުގެ ފުރުސަތެއް ނުލިބުނެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910