އެމެރިކާ

ނުރަވިޔަސް ފަރުވާލެއް ނެތް، ބޯ ކަޅެއް ނުކުރާނަން: އޮބާމާ

0%
0%
0%

ދުނިޔޭގެ ބައެއް ލީޑަރުން ފަދައިން އިސްތަށިފުޅު ކަޅު ނުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ. އޮބާމާ މިހެން ވިދާޅުވީ ކެމްބޯޑިއާގެ ދަރިވަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެމެރިކާގެ ރައީސްކަމާ 2009 ވަނަ އަހަރު ހަވާލުވެ ވަޑައިގެންނެވި އިރު އޮބާމާގެ އިސްތަށިފުޅު ފެނުނީ ވަރަށް ކަޅު ކުލަ ގަދަ ކޮށެވެ. އެކަމަކު ވޭތުވެ ދިޔަ ހަޔެއްކަ އަހަރުގެ ތެރޭގައި އޮބާމާގެ އިސްތަށިފުޅު ވަރަށް ބޮޑަށް ނުރަވެފައި ވާކަން ފާހަގަ ކުރެވެއެވެ.

އޮބާމާގެ ނުރަ ވަމުންދާ އިސްތަށިފުޅަށް ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، ބައެއް ލީޑަރުން ވަރަށް ގިނަ އަހަރު ތަކަކު އާންމުންގެ ލޯމަތިން ފެންނައިރުވެސް އިސްތަށިފުޅުގެ ކުލައަކަށް އެއްވެސް ބަދަލެއް ނާދެއެވެ. މިފަދަ ގިނަ ބޭފުޅުން އެބޭފުޅުންގެ އިސްތަށިފުޅު ކަޅު ކުރައްވާ ކަމަށް އެއްބަސްވެ ވަޑައެއް ނުގަންނަވައެވެ.

ދަރިވަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ސަމާސާގެ ރާގަކަށް އޮބާމާ ވިދާޅުވީ ޒުވާނުންގެ ކިބައިން ފުރަތަމަ ވެސް އެދޭ ކަމަކީ އޮބާމާ އަކީ މުސްކުޅި ބޭފުޅެކޭ ނުބުނުން ކަމަށެވެ. "ވަރަށް ގިނަ ލީޑަރުން ބޯ ކަޅު ކުރޭ. އަހަރެން އެކަމެއް ނުކުރަން. ބޯ ކަޅު ކުރަނީ ކޮންބައެއް ކަމެއް އަހަރެންނެއް ނުބުނަނަން. އެކަމަކު އެމީހުންގެ ހެއާ ޑްރެސަރުންނަށް އެކަން އެނގޭނެ." އޮބާމާ ވިދާޅުވި އެވެ.

އެމެރިކާގެ ކުރީގެ ރައީސުންނަށް ބަލާއިރު ރޮނަލްޑް ރޭގަން ގެ އިސްތަށިފުޅު އަބަދުވެސް ފެނިފައިވަނީ ގަދަ ކަޅު ކުލައިގައެވެ. އިސްތަށިފުޅު ކަޅު ކުރައްވާ ކަމަށް ރޭގަން ވެސް އެމަނިކުފާނުގެ ހެއާ ޑްރެސަރުވެސް އެއްބަސްވެ ވަޑައެއް ނުގަންނަވައެވެ. - ބީބީސީ

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910