ލައިފްސްޓައިލް

ގަބުރެއް 128 އަހަރު ދައްކާލުމަށްފަހު ވަޅުލައިފި

އެމެރިކާގެ ޕެންސިލްވޭނިއާގައި 128 އަހަރު ވަންދެން މީހެއްގެ ހަށިގަނޑު ދައްކާލުމަށް ބޭއްވުމަށްފަހު ވަޅުލައިފި އެވެ.

ސްޓޯންމަން ވިލީގެ ނަމުން މަޝްހޫރު މި މީހާ މަރުވީ 1895 ވަނަ އަހަރު ޖަލެއްގައި ހުއްޓަ އެވެ. އޭނާ ހައްޔަރުކުރީ ވައްކަން ކުރުމުގެ ކުށް ސާބިތުވެގެންނެވެ.

ހައްޔަރުކުރި ވަގުތު ސްޓޯންމަން ފުރަތަމަ ދިނީ ފޭކް ނަމެއް ކަމަށްވާތީ އޭނާގެ އައިޑެންޓިޓީ ނޭނގިގެން ވެސް ގިނަ އަހަރުތަކަކު ފުލުހުން ތިބެންޖެހުނެވެ. އެހެންވެ އޭނާ މަރުވުމާ ހަމައަށްވެސް ގާތްތިމާގެ މީހަކަށްވެސް ގުޅޭގޮތް ނުވި އެވެ.

ޕެންސިލްވޭނިއާގައި ހުންނަ އޮމަންސް ފިނިނަލް ހޯމް އިން ބުނާ ގޮތުގައި މި މީހާގެ ހަށިގަނޑު އެހާ ގިނަ ދުވަހު ބޭއްްވުނީ ހާއްސަ އުކުޅުތަކެއް ޓެސްޓް ކޮށްގެން ކަމަށެވެ.

ސްޓޯންމަންގެ ހަށިގަނޑު ދައްކާލަން ބާއްވާފައި އޮތީ ސޫޓެއް ލައްވައި ޓައިވެސް އަޅުވާފަ އެވެ. ހަށިގަނޑު މިހާ ގިނަ ދުވަހު އޮތް އިރު އިސްތަށިގަނޑާއި ދަތްތަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ. ނަމަވެސް ހަންގަނޑަށް ބަދަލު އައިސް ލެދާގެ ސިފައަށް ހަމުގެ ސިފަ ވަނީ ބަދަލުވެފަ އެވެ.

ސްޓޯންމަން ވިލީގެ ހަށިގަނޑު އޮތް ސަންދޯއް ވަޅުލަން ގެންދިޔައީ ހާއްސަ ޕެރޭޑަކާ އެކު އެވެ.