ވިޔަފާރި

ކެރެޓާއި ލުނބޯގެ އަގު ދައްވާނީ އަންނަ ހަފުތާގައި

Aug 3, 2021

މިހާރު އަގުތައް އިންތިހާއަށް މަތިވެފައިވާ ކެރެޓާއި ލުނބޯގެ އަގަށް ހެޔޮ ބަދަލެއް އަންނާނީ އަންނަ ހަފުތާއިން ފެށިގެން ކަމަށް ވިޔަފާރިވެރިން ބުނެފި އެވެ.

މުދާ ލިބުމުގައި ކުރިމަތިވި ތާށިކަމުގެ ސަބަބުން ކެރެޓު ކިލޯއެއް މިހާރު ހުރީ 150ރ. އަށެވެ. އަދި ލުނބޯ ކިލޯއެއްގެ އަގު ހުރީ 40ރ. އިން މަތީގަ އެވެ.

ބާޒާރުން އިއްޔެ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި ކެރެޓާއި ލުނބޯގެ އަގު މަތިވި މައިގަނޑު ސަބަބަކީ މީގެ ޝިޕްމަންޓް ތަކެއް ތާށިވުމެވެ.

"ސްރީލަންކާގެ ބަނދަރުގައި މި ދެ ބާވަތް ހުރީ ތާށިވެފަ. އެހެންވެ އަގު ބޮޑު ވެގެން އުޅެނީ. ނަމަވެސް މިމަހުގެ ހަތްވަނަ ދުވަހު ބޯޓު ވަންނާނެ އެ ހިސާބުން އަގު ހެޔޮވާނެ،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ވިޔަފާރިވެރިޔާ ބުންޏެވެ.