ފުވައްމުލައް

ފުވައްމުލަކުގެ ފެނާއި ކަރަންޓަށް ދިމާވި މައްސަލައަށް ދާއިމީ ހައްލެއް އަދިވެސް ނުލިބޭ

ފުވައްމުލަކު ސިޓީގެ ފެނާ ކަރަންޓަށް ދިމާވި މައްސަލައަށް އަދިވެސް ދާއިމީ ހަލެއް ނުލިބޭ ކަމަށް ކައުންސިލުން ބުނެފި އެވެ.

ފުވައްމުލައްކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް އަވަސް އަށް ވިދާޅުވީ ފެނާއި ކަރަންޓު ކެނޑިފައިވާ މައްސަލައަށް އަދިވެސް ދާއިމީ ހައްލެއް ނުލިބޭ ކަމަށެވެ. ނަމަވެސް ވަގުތީ ގޮތުން އެ ހިދުމަތްތަށް މެދުކެނޑުމެއް ނެތި ރަށްޔިތުންނަށް ފޯރުކޮށްދެމުންދާ ކަމަށެވެ.

ފުވައްމުލަކުގައި މިމަހުގެ ދެވަނަ ދުވަހުގެ ފަތިހުން ފެށިގެން ވަނީ ފެނާ ކަރަންޓު ކެނޑިފަ އެވެ. މައްސަލަ ދިމާވީ މައި ޓްރާންސްފޯމަރަށެވެ.

މައްސަލަ ހައްލުކުރަން އައްޑޫ ސިޓީން މިހާރު ވަނީ ފޯމަރެއް ގެނެސްފަ އެވެ. މިހާރު ކުރިއަށް ދަނީ ފޯމަރު އިންސްޓޯލް ކުރުމުގެ މަސައްކަތެވެ. މާދަމާއަށް އެ މައްސަތް ކޮށް ނިމޭނެ ކަމަށާއި ފުވައްމުލަކަށް ދިމާވެފައިވާ ކަރަންޓާއި ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ވަރަށް އަވަހަށް ލިބޭނެ ކަމުގައިވެސް މޭޔަރު ވިދާޅުވި އެވެ.

ފުވައްމުލަކުގެ 80 ޕަސެންޓް ގޭބިސީން ފެނާ ކަރަންޓު ކެނޑުނެވެ. ނަމަވެސް ފެނަކަ ފުވައްމުލަކު ބްރާންޗުން ބުނެފައި ވަނީ އެ މައްސަލަތަކަށް ވަގުތީ ހައްލެއް ހޯދިފައިވާތީ ކޮންމެހެން ބޭނުން ކުރަންޖެހޭ ކަންކަމަށް ކަރަންޓް ބޭނުން ކުރުމަށް ފުވައްމުލަކު ރައްޔިތުންގެ ކިބައިން އެދޭ ކަމަށެވެ.

މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް އަލުން ކަރަންޓާއި ފެން ދޭން ފަށަން 24 ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަވާނެ ކަމަށް ފެނަކަ އިން ވަނީ ބުނެފަ އެވެ. ނަމަވެސް 48 ގަޑިއިރު ހޭދަވެގެން ދިޔަ އިރުވެސް ދާއިމީ ހައްލެއް ލިބިފައެއް ނުވެ އެވެ.