ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުގެ ތަފުސީލުތައް ހާމަކޮށްފި އެވެ.
ސަޕްލިމެންޓްރީ ބަޖެޓުގައި ސަބްސިޑީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ފައިސާ ވަނީ ހިމަނާފަ އެވެ.
މީގެ އިތުރުން ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އާއި އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ހަރަދުތަކަށް ބޭނުންވާ ފައިސާ ހިމަނާފައިވެ އެވެ.
އޮފީސްތަކަށް ސަޕްލިމެންޓްރީ ބަޖެޓުން ކަނޑައެޅި އަދަދުތައް
- ފިއުލް ސަބްސިޑީ - 1.3 ބިލިއަން ރުފިޔާ
- އާސަންދަ - 1.2 ބިލިއަން ރުފިޔާ
- ކަރަންޓް ސަބްސިޑީ (ފެނަކަ) - 421 މިލިއަން ރުފިޔާ
- ކަރަންޓް ސަބްސިޑީ (ސްޓެލްކޯ) - 109 މިލިއަން ރުފިޔާ
- ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ފައިސާ (އެޗްޑީސީ) - 280 މިލިއަން ރުފިޔާ
- ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ފައިސާ (އެމްއެފްއެމްސީ) - 331 މިލިއަން ރުފިޔާ
- ޓްރެޝަރީ ލޯނު (ފެނަކަ) - 231 މިލިއަން ރުފިޔާ
- ޓްރެޝަރީ ލޯނު (އާރްޑީސީ) - 60 މިލިއަން ރުފިޔާ
- ނެޝަނަލް ސްޓޫޑަންޓް ލޯން ސްކީމް - 500 މިލިއަން ރުފިޔާ
- އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ހަރަދުތަކަށް - 200 މިލިއަން ރުފިޔާ
ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ސަޕްލިމެންޓްރީ ބަޖެޓުން ހދ. ހަނިމާދޫ އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއަށް 335 މިލިއަން ރުފިޔާ ހިމަނާފައިވާއިރު އައްޑޫ ސިޓީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް 344 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
މީގެ އިތުރުން 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއަށް 293 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ޕޮލްކޯ ހައުސިން ފްލެޓް ނިންމުމަށް 150 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނާފައިވާ ޕީއެސްއައިޕީގެ އިތުރު މަޝްރޫއުތައް
- ތިލަމާލެ ބްރިޖު - 146 މިލިއަން ރުފިޔާ
- ގދ. ތިނަދޫ އިރުމަތީ ފަރާތު ބޭރު ތޮށިހެދުމާއި އިންޑަސްޓްރިއަލް ޒޯން ބިން ހިއްކުން - 97 މިލިއަން ރުފިޔާ
- ފުވައްމުލަކު މަގު ހެދުން - 85 މިލިއަން ރުފިޔާ
- މ. މުލި އެއާޕޯޓް - 77 މިލިއަން ރުފިޔާ
- މޯލްޑިވްސް ސަސްޓޭނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް - 67 މިލިއަން ރުފިޔާ
- ސ. ގަން އެއާޕޯޓް އަޕްގްރޭޑްކުރުން - 61 މިލިއަން ރުފިޔާ
- އައްޑޫސިޓީ މަގު ހެދުން - 73 މިލިއަން ރުފިޔާ
- ހުޅުމާލޭގައި އިމާރާތްކުއާ އާ ސްކޫލުގެ އިމާރާތް - 53 މިލިއަން ރުފިޔާ
ސަޕްލިމެންޓްރީ ބަޖެޓުގެ ތަފުސީލުތައް ހާމަކޮށްފައިވާއިރު އެ ބަޖެޓު ހުށަހެޅުމުގެ ކުރިން ފޮނުވަންޖެހޭ ކަމާ ގުޅޭ ލިޔުންތަކެއް ފޮނުވުމަށް މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ވަނީ އަންގާފަ އެވެ.