ޕީއެސްއައިޕީ

ސަޕްލިމެންޓަރީ ބަޖެޓުންވެސް ނުވި، ޕީއެސްއައިޕީ ހަރަދު އިތުރުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ: އަވަސް
0%
0%
0%

ހަރަދުތައް ބޮޑުވެ މިއަހަރުގެ ދައުލަތުގެ ބަޖެޓަށް އިތުރުކުރަން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގައި ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކަނޑައެޅި އަދަދަށްވުރެވެސް ހަރަދު އިތުރުވެއްޖެ އެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓު ފާސްކުރިއިރު ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައެޅީ 8.5 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ހަރަދުތައް އިތުރުވެ ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

މަޖިލީހުން ފާސްކުރި ސަޕްލިމެންޓްރީ ބަޖެޓާއެކު ޕީއެސްއައިޕީ ބަޖެޓު 10.3 ބިލިއަން ރުފިޔާއަށް އިތުރުވި ނަމަވެސް ފިނޭންސް މިނިސްޓްރީގެ "ވީކްލީ ފިސިކަލް ޑިވެލޮޕްމަންޓްސް" ދައްކާ ގޮތުން މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީ ހަރަދު ވަނީ 10.4 ބިލިއަނަށް އަރާފަ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް މިހާތަނަށް ކޮށްފައިވަނީ ބިން ހިއްކުމުގެ މަޝްރޫއުތަކަށެވެ.

ބިން ހިއްކުމުގެ މަޝްރޫއުތަކަށް 1.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އެއާޕޯޓް މަޝްރޫއުތަކަށް 1.4 ބިލިއަން ރުފިޔާ އަދި ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 1.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ހާބަރު މަޝްރޫއުތަކަށް 956 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ބްރިޖު މަޝްރޫއަށް 712 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910