ދުނިޔެ

ޓެރަރިސްޓުންނަށް ހިޔާވަހިކަމެއް ނުދެން: ޕާކިސްތާން

ޕާކިސްތާނަކީ ޓެރަރިސްޓުންނަށް އެހީތެރިވެދޭ ގައުމެއް ކަމަށް އދ. ގައި ހުންނަވާ އަފްޣާން ސަފީރު ވިދާޅުވުމާ ގުޅިގެން، އަފްޣާނާއި ޕާކިސްތާންގެ ގުޅުން އޮއިގަދަވެއްޖެ އެވެ.

އދ. ގައި ހުންނަވާ ޕާކިސްތާން ދާއިމީ ސަފީރު، މުނީރު އަކްރަމް ވިދާޅުވީ ދެގައުމުގެ ބޯޑަރު ވަކިކުރަން ޕާކިސްތާނުން އަޅަމުންގެންދާ ބޮޑުފުޅަށް ނިމެން ކައިރިވެއްޖެ ކަމަށާއި 97 ޕަސެންޓް ހުރީ މުޅިން ނިމިފައި ކަމަށެވެ. އޭނާ ވިދާޅުވީ ބޯޑަރު ހުރަސްކޮށް އެއްގައުމުން އަނެއް ގައުމަށް ވަދޭވޭ ފަސޭހަ ގޮތެއް މިހާރު ނުހުންނާނެ ކަމަށެވެ.

"ޕާކިސްތާން ބޮލުގައި އަފްޣާނުން އެއަޅުނީ ކަންބޮވާ ވަރުގެ އިލްޒާމެއް،" މުނީރު އަކްރަމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަފްޣާނުން އެހަދަނީ ބޮޑު ދޮގެއް ކަމަށެވެ.

އަފްޣާން ސަފީރު ޣުލާމް އިސާގްޒާއީ ވިދާޅުވީ ޕާކިސްތާނުން ތާލިބާނުންނަށް ސަޕްލައިކޮށްދޭކަން އަފްޣާނަށް ސާބިތުކޮށްދެވިދާނެ ކަމަށާއި ސަލާމަތީ މަޖިލީހަށް ގަބޫލުކުރެވޭ ވަރުގެ މާއްދީ ހެކި އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ އެކަން އެގޮތަށް ނުކުރުމަށް އަފްޣާނުން ޕާކިސްތާނަށް ނަސޭހަތްތެރިވާ ކަމަށާއި މިއީ ތެދުކަން އިސްލާމްއާބާދަށް ވެސް އެނގޭނެ ކަމަށެވެ.

ޕާކިސްތާނުން ތާލިބާނުންނަށް އެހިތެރިވެދޭ ކަމަށް އަފްޣާނުން އަބަދު ވެސް ބުނެ އެވެ. މިކަން މިހެން އޮށްވައި ޕާކިސްތާންގައި ހުންނަވާ އަފްޣާން ސަފީރުގެ ދަރިކަނބަލުން ރަހީނުކޮށް، އަނިޔާކުރި މައްސަލާގައި ދެގައުމުންގެ އޮތީ ހީނަރުވެފަ އެވެ. މިމައްސަލަ ބެލުމަށް ފަހު ޕާކިސްތާނުން ބުނީ ރަހީނުކުރިކަން އެނގެން ނެތް ކަމަށާއި އެއީ އެހެން ގޮތަކަށް ހިނގައިދިޔަ ހާދިސާއެއް ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.

އަފްޣާނުން އަރައިގަތް ރުޅީގައި ޕާކިސްތާން ސަފީރު ގައުމަށް ގެންގޮސް ބަހުގެ ހަމަލަތައް ދަނީ ބުރުވަމުންނެވެ.

ޕާކިސްތާނުން ބުނީ ސަފީރު ގެންދިއުމަކީ ނިކަމެތި ކަމެއް ކަމަށާއި ގުޅުން ކަނޑައިގެން ދާވަރުގެ ކަމެއް ކުރަން ދަނޑިވަޅު ފުރުސަތު ނުދޭ ކަމަށެވެ.