ރައްޔިތުންގެ މަޖިލިސް

ދިރާސާ ކުރުމަށް ބިޝާމްގެ ނަން ކޮމިޓީއަށް ފޮނުވައިފި

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އައްޔަން ކުރަން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފޮނުވާފައިވާ އައިޝަތު ބިޝާމްގެ ނަން މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

ޕީޖީ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ މައްސަލަ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވާފައި ވަނީ އެ ނަންފުޅާ މެދު މަޖިލީހަށް ފެންނަ ގޮތެއް ކަނޑައެޅުމަށް ރައީސް އަބްދުﷲ ޔާމިން މަޖްލީހަށް ފޮނުވި ސިޓީ އިއްވުމަށް ފަހު އެވެ.

މިމަހު 10 ވަނަ ދުވަހު ކުރީގެ ޕީޖީ މަގާމުގައި ހުންނެވި މުހުތާޒު މުހުސިންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ފޮނުވައި އޭނާ މަގާމުން ދުރުކުރުމަށް ފަހު އަލުން އެމަގާމަށް ނަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމުން 700 އެއްހާ ވަކީލުންގެ ތެރެއިން ޕީޖީގެ މަގާމަށް ކުރިމަތިލެއްވީ ހަމައެކަނި ބިޝާމް އެވެ. އެހެން ކަމުން މިދިޔަ ބުދަ ދުވަހު ރައިސުލް ޖުމްހޫރިއްޔާ ވަނީ ބިޝާމްގެ ނަން ރައްޔިތުން މަޖުލީހަށް ފޮނުވާފަ އެވެ.

ބިޝާމަކީ ކުރިން ކުޑަ ދުވަސްކޮޅަކަށް ބަންޑާރަ ނައިބުގެ މަގާމު ފުރުއްވެވި ބޭފުޅެކެވެ.