ޕްރިމިއާ ލީގާ އެކު އައިސް ސްޕޯޓްސް އިން އާ ހަތަރު ޝޯ ގެނެސްދޭނެ ކަމަށް އެ ޗެނަލްއިން ބުނެފި އެވެ.
މި ޝޯތަކުގެ ތެރޭގައި "ސީޒަން ކިކް އޮފް ޝޯ" އާއި "ވީކްލީ ކިކްއޮފް ޝޯ" އާއި "ގޭމް ވީކް ރިވިއު ޝޯ" އަދި "އައިސް ފެންޓަސީ ލީގު ޝޯ" ހިމެނެ އެވެ. މި ޝޯތަކުގެ ތެރެއިން އެންމެ ފުރަތަމަ ދެއްކުމަށް ހަމަޖެހިފައިވަނީ "ސީޒަން ކިކް އޮފް ޝޯ" އެވެ. މި ޝޯ ދެއްކުމަށް ހަމަ ޖެހިފައިވަނީ މި އާދިއްތަ ދުވަހުގެ ރޭގަނޑު 8:30 ގަ އެވެ. މި ޝޯއަކީ ޕްރިމިއާ ލީގް ފެެށުމުގެ ކުރިން ދައްކާ އެންމެ ޝޯއެކެވެ.
"ވީކްލީ ކިކްއޮފް ޝޯ" އަކީ ބެލުންތެރިންނަށް އެ ހަފްތާގައި ކުޅެ މެޗުތަކުގެ މައުލޫމާތު ފޯރުކޮށްދޭން ގެނެސްދޭ ޝޯއެކެވެ. މި ޝޯގެ ތެރެއިން ޓީމް ސިލެކްޝަން އާއި އިންޖަރީތައް އަދި ޓްރާންސްފާތަކުގެ އިތުރުން ޓީމްތައް މެޗުތަކަށް ގެންނަ ޓެކްނިކަލް ބަދަލުތަކާއި ޓެކްޓިކްސްތަކުގެ މައުލޫމާތު ބެލުންތެރިންނަ ފޯރުކޮށްދޭނެ އެވެ. އަދި ވީކްލީ ކިކްއޮފް ޝޯ ދެއްކުމަށް ހަމަޖެހިފައިވަަނީ ކޮންމެ ހޮނިހިރު ދުވަހެއްގެ މެންދުރު ފަހު 3:00 ގައެވެ.
ޕްރިމިއާ ލީގްގެ ހައިލައިޓްސް އާއި މެޗުތައް ކުރިއަށް ދިޔަގޮތުގެ މައުލޫމާތު ގެނެސްދޭ ޝޯއެއްވެސް މި އާ ޝޯތަކުގެ ތެރޭގައި ހިމެނެ އެވެ. "ގޭމް ވީކް ރިވިއު ޝޯ" ގެ ނަމުން ގެނެސްދޭ މި ޝޯ މުބާރާތް ފެށުމަށްފަހު ކޮންމެ ބުދަ ދުވަހެއްގެ ރޭގަނޑު 9:00 ގައި ދައްކާނެ އެވެ.
އައިސް ސްޕޯޓްސްއިން އުފައްދާ މި ޝޯތަކުގެ ތެރޭގައި "އައިސް ފެންޓަސީ ލީގު ޝޯ" ގެ ނަމުން ގެނެސްދޭ މި ޝޯއަކީ ފެންޓަސީ ލީގަށް ހާއްސަކޮށްގެން ގެނެސްދޭ ޝޯއެކެވެ. މި ޝޯގެތެރެއިން ފެންޓަސީ ލީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. އޭގެތެރޭގައި ހަފްތާގެ އެންމެ ވަރުގަދަ ޓީމްގެ މައުލޫމާތާއި އިތުރު އުކުޅުތަކުގެ މައުލޫމާތު ގެނެސްދޭނެއެވެ. އަދި މި ޝޯ ޕްރިމިއާ ލީގު ފެށުމަށްފަހު ކޮންމެ ބުރާސްފަތި ދުވަހެއްގެ ރެގަނޑު 9:00 ގައި ފެނިގެންދާނެ އެވެ.
މި ހަތަރު ޝޯ އައިސް ސްޕޯޓްސް (ޗެނަލް 102) މީޑިއާނެޓް ބޭނުން ކުރަށްވާ ފަރާތްތަކަށް ބެލޭނެ އެވެ. އަދި މީގެ އިތުރުން މަލްޓިސްކްރީން އެޕްލިކޭޝަން އަދި އެމްއެސްޓީވީ ބޭނުން ކުރާ ފަރާތްތަކަށްވެސް މި ޝޯތައް ބަލާލެވޭނެ އެވެ.
މި ހަތަރު ޝޯ އައިސް ސްޕޯޓްސްއިން މީޑިއާނެޓް ބޭނުން ކުރަށްވާ ފަރާތްތަކަށް ބެލޭނެ އެވެ. އަދި މީގެ އިތުރުން މަލްޓިސްކްރީން އެޕްލިކޭޝަން އަދި އެމްއެސްޓީވީ ބޭނުން ކުރާ ފަރާތްތަކަށްވެސް އައިސް ޓީވީ މެދުވެރިކޮށް މި ޝޯތައް ބަލާލެވޭނެ އެވެ.