މީޑިއާނެޓް

އެމްއެސް އެޕްލިކޭޝަނަށް ޑިސްކައުންޓުތަކެއް

އެމްއެސް އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް ލައިވް ޗެނަލްތަކާއި ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ފިލްމު އަދި ސީރީޒް 50 ޕަސެންޓްގެ ޑިސްކައުންޓު އަގެއްގައި ސަބްސްކްރައިބް ކޮށްލެވޭނެ އެވެ.

މީޑިއާނެޓުގެ މި އޮފާއާއެކު އަލަށް އެމްއެސް އެޕްލިކޭޝަން ބޭނުން ކުރާ ފަރާތްތަކަށް ތިރީހަށްވުރެ ގިނަ ޗެނަލްތައް "އެމްއެސް ކޮންބޯ" އަށް ސަބްސްކްރައިބް ކޮށްލައިގެން ބަލައިލެވޭނެ އެވެ. އެމްއެސް ކޮމްބޯއަށް މަހަކު ދައްކަން ޖެހޭނީ 74 ރުފިޔާއެވެ. މި ހިދުމަތް ތިން މަހަށް 199 ރުފިޔާއަށް އަދި ހަ މަހަށް 349 ރުފިޔާއަށް ސަބްސްކްރައިބް ކުރެވޭނެ އެވެ.

މިހާރު މީޑިއާނެޓު އެޕްލިކޭޝަން ބޭނުން ކުރާ ފަރާތްތައް "އެމްއެސް ވީއޯޑީ" އަށް ސަބްސްކަރައިބް ކޮށްލުމުން އެ ޚިދުމަތްތައް ލިބިގެން ދާނެ އެވެ. އެމްއެސް ވީއޯޑީއަށް ސަބްސްކްރައިބް ކުރާ ފަރާތްތައް މަހަކު ދައްކަން ޖެހޭނީ 49 ރުފިޔާއެވެ. ތިން މަހަށް 199 ރުފިޔާއެވެ. ހަމަހަށް ނަމަ ފީއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 199 ރުފިޔާއެވެ..

މީޑިއާނެޓްގެ "ވޯންޓް އިޓް އޯލް" ޕެކޭޖް ބޭނުން ކުރާ ފަރާތްތަކަށް މިހިދުމަތް މަހަކު 29 ރުފިޔާއަށް ސަބްސްކްރައިބް ކުރެވޭނެ އެވެ.

މީޑިއާނެޓު އެޕްލިކޭޝަން ބޭނުންކުރާ ބިދޭސީ ފަރާތްތަކަށް ވެސް ޚާއްސަ އިނާޔަތްތަކެއް މީޑިއާނެޓުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން "އެމްއެސް ޕްރަބާސިސް" އަކީ ބިދޭސީ މަސައްކަތްތެރިންނަށް ޚާއްސަ ޕެކޭޖެކެވެ. މަހަކު 29 ރުފިޔާއަށް އެމްއެސް ޕްރެބާސިސް އަށް ސަބްސްކްރައިބްކޮށްލައިގެން ބޭރުގެ ޗެނަލްތައް މީޑިއާނެޓު މެދުވެރިކޮށް ބަލާލެވޭނެ އެވެ

މީޑިއާނެޓުން ބުނިގޮތުގައި މި ޕްރޮމޯޝަންގެ އިތުރު މައުލޫމާތު ޕްރޮޝަނަށް ހާއްސަ ވެބްޕޭޖުން ލިބިގެންދާނެ އެވެ. އަދި އެމްއެސް އެޕްލިކޭޝަން ޑައުންލޯޑު ކޮށްގެން މި ހިދުމަތްތަކަށް ސަބްސްކްރައިބް ކުރެވޭނެ ކަމަށެވެ.