މީޑިއާނެޓް

ލަލީގާ އައިސް ޓީވީ އަދި އައިސް ސްޕޯޓްސްއަށް އަންނަނީ

ޔޫރަޕްގެ މަޝްހޫރު ލަލީގާ ފުޓްބޯޅަ ލީގްގެ މެޗުތައް އައިސް ޓީވީ އަދި އައިސް ސްޕޯޓްސްގެ ޗެނަލްއިން ބަލާލެވޭނެ ކަމަށް އެޗެނަލުން ބުނެފި އެވެ.

ލަލީގާ 2021-2022 ސީޒަންގެ ފުރަތަމަ ބުރުގެ މެޗުތައް ކުޅެން ފަށަނީ އޮގަސްޓް 14 ވާ ހޮނިހިރު ދުވަހު އެވެ. އަދި މި މެޗުތައް ލައިވްކޮށް އައިސް ޓީވީ އަދި އައިސް ސްޕޯޓްސް ޗެނަލުން ބަލާލެވޭނެ އެވެ. ފުރަތަމަ މެޗުގައި 6 ފަހަރު ލަލީގާ ކާމިޔާބު ކޮށްފައިވާ ވެލެންސިއާ ވާދަަކުރާނީ ގެޓާފީއާ އެވެ.

އޮގަސްޓް 15 ވަނަ ދުވަހު މިދިޔަ ސީޒަން ކާމިޔާބު ކުރި އެޓްލެޓިކޯ މެޑްރިޑް މެޗް ކުޅޭއިރު އެ ޓީމް ވާދަކުރަންޖެހެނީ މިދިޔަ ސީޒަންގައި އައްވަނަ ހާސިލްކުރި ސެލްޓާ ވިގޯއާ އެވެ.

މި މެޗުތަކުގެ ލައިވް ސެޝަންތައް އައިސް ޓީވީ އަދި އައިސް ސްޕޯޓްސްއިން މީޑިއާނެޓްގެ ޗެނަލް 100 އަދި 102 މެދުވެރިކޮށް ބަލާލެވޭނެ އެވެ. އަދި ހަމަ އެހެންމެ މަލްޓިސްކްރީން މެދުވެރިކޮށް ފޯނު، ޓެބްލެޓް، ލެޕްޓޮޕް ނުވަތަ ކޮމްޕިއުޓާ ޑިވައިސްތައް މެދުވެރިކޮށް ބަލާލެވޭނެ އެވެ. އަދި އެމްއެސްޓީވީ މެދުވެރިކޮށް ޔޫއެވްޑީ އެންޑްރޮއިޑް ޓީވީ ބޭނުން ކުރާ ފަރާތްތަކަށް ބަލާލެވޭނެ އެވެ. އެމްއެސްޓީވީ އަދި މަލްޓިސްކްރީން މެދުވެރިކޮށް މެޗުތައް ބަލަން ބޭނުންވާ ބޭފުޅުންނަށް މެޗުތަކަށް ރިމައިންޑާ ސެޓް ކުރުމާއި މެޗެއް ވަގުތުން ބަލައިލެވޭނެ ގޮތެއް ނުވެއްޖެނަމަ 04 ދުވަހުގެ ކުރީގެ ޝޯތަށްވެސް ކެޗް އަޕް ސާރވިސް މެދުވެރިކޮށް ބަލައިލެވޭނެ އެވެ. .

ލަލީގާގެ މެޗުތަކުގެ ސްކެޑިއުލް މީޑިއާނެޓް ޑިވައިސްތަކަށް ފޮނުވާ "ބީމެއިލް" އަދި މީޑިއާނެޓްގެ ސޯޝަލްމީޑިއާ އެކައުންޓްތަކުން (ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމް) ބެލޭނެ އެވެ.