މީޑިއާނެޓް

އެމްއެސް އެޕް: ހުރިހާ މެޗެއް 74 ރުފިޔާއަށް

Oct 6, 2021

ސާފް ޗެމްޕިއަންޝިޕް، ލަލީގާ، ޗެންޕިއަންސް ލީގު އަދި ޕްރިމިއާލީގުގެ ފޯރިގަދަ މެޗްތައް ލައިވްކޮށް އެމްއެސް އެޕް މެދުވެރިކޮށް ފޯން، ލެޕްޓޮޕް އަދި ޓެބްލެޓުން ކޮންމެ ތާކުން ކޮންމެ ޑިވައިސް އަކުން ވެސް ބަލައިލެވޭނެ ކަމަށް މީޑިއާނެޓުން ބުނެފި އެވެ.

މީޑިއާނެޓުން ބުނި ތުގައި ސާފް ޗެމްޕިއަންޝިޕް މިފަހަރު ރާއްޖޭގަ ކުޅޭއިރު، މި މުބާރާތުގެ ފޯރިގަދަ މެޗްތަށް މީޑިއާނެޓްއިން ޔެސް ޓީވީ (ޗެނަލް 104) މެދުވެރިކޮށް ބަލައިލެވޭނެ އެވެ. ލަލީގާ އަދި ޕްރިމިއާލީގުގެ މެޗްތަށް އައިސް ޓީވީ އަދި އައިސް ސްޕޯޓްސް މެދުވެރިކޮށް ބެލޭނެ އެވެ. އަދި ޗެމްޕިއަންސް ލީގުގެ މެޗްތައް ސޮނީ ޓެން 1، ސޮނީ ޓެން 2، ސޮނީ ޓެން 3 އަދި ސޮނީ ސިކްސް އިން ފެންނާނެ އެވެ.

ހުރިހާ މެޗްއެއްވެސް އެމްއެސް އެޕް އިން ފޯނާއި ލެޕްޓޮޕާއި އައިޕެޑުން ބެލޭނެ އެވެ. މެޗު ދައްކާ ވަގުތު ނުބެލިއްޖެ ނަމަ އެމްއެސް އެޕްލިކޭޝަންގެ "ކެޗް އަޕް ސާވިސް" މެދުވެރިކޮށް ހަތަރު ދުވަހު ކުރީގެ މެޗްވެސް ބަލައިލެވޭނެ އެވެ.

ކަސްޓަމަރުންނަށް ޗެނަލްތަށް އެއްވެސް އަގަކާ ނުލައި އެމްއެސް އެޕް މެދުވެރިކޮށް ލިބެ އެވެ. އަލަށް ގުޅޭ ކަސްޓަމަރުންނަށް ޗެނަލްތަށް 74 ރުފިޔާ އައް ލިބެ އެވެ.