ދިރާގު

ޖޫނިއާ ސާފިން ޗެމްޕިއަން ކަޔާން ދިރާގުގެ އެމްބެސެޑަރަކަށް

0%
0%
0%

ޖޫނިއާ ސާފިން ޗެމްޕިއަން ކަޔާން އަބްދުﷲ އަރީފް ދިރާގުގެ އެމްބެސެޑަރަކަށް ހަމަޖައްސައިފި އެވެ.

އާޓިފިޝަލް ބީޗުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ އެމްބެސެޑާޝިޕް ކަޔާންއާ ހަވާލުކޮށްދެއްވީ ދިރާގުގެ ޑިރެކްޓާ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރްޝާން ހަސަން އެވެ.

މިރަސްމިއްޔާތުގައި މިރްޝާން ވިދާޅުވީ ކުޅިވަރުގައި ކުރިއަރަމުން އަންނަ އެތުލީޓަކަށް ދިރާގުގެ އެމްބެސެޑަރުކަން ދިނުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ. އެކި ދާއިރާތަކުން ކުރިއަރަމުން އަންނަ ފަރާތްތަކަށް ދިރާގުން އަބަދުވެސް އެހީތެރިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ކަޔާން އަކީ ސާފް ޗެމްޕިއަންޝިޕްގައި 18 އަހަރުން ދަށުގައި މިވަގުތު ރާއްޖޭގެ ޗެމްޕިއަނެވެ.

ދިރާގުން ގެންދަނީ ކުޅިވަރާއި އެހެންވެސް ބައެއް ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތައް އެ ކުންފުނީގެ އެމްބެސެޑަރުންނަށް ހަމަޖައްސައި، އެ މީހުންގެ ކެރިއަރުގައި ކުރިއަށް ދިއުމަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910