ދިރާގު 3އޮން3 ޗެލެންޖް ބާސްކެޓް މުބާރާތް މާދަމާ ފެށުމަށް ހަމަޖެހިއްޖެ އެވެ.
މި މުބާރާތް ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މާދަމާ އިން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޓައިޓަންސް ބާސްކެޓް އެކެޑެމީ އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ މަގުސަދަކީ ބާސްކެޓް ބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި، ހުނަރުތައް ތަރައްގީކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުން ކަމަށް ދިރާގުން ބުނެފައިވެ އެވެ.
މި މުބާރާތް ކުރިއަށްދާނީ އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން ހަ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. މި އުމުރުފުރާތަކަކީ، 8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.
ދިރާގަކީ، ރާއްޖޭގައި ބާސްކެޓް ބޯލް ފަދަ މަގްބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.