ދިރާގު

ދިރާގުގެ 12 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފި

Aug 7, 2021
1

ދިރާގުގެ 12 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފި އެވެ.

ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުން ތަމްރީން ކުރުމަށް އެކުންފުނިން ކޮންމެ އަހަރަކު ބާއްވާ ޕްރޮގްރާމެކެވެ. ދިރާގުން ބުނީ މި އަހަރުގެ ޕްރޮގްރާމްގައި 14 މީހަކު ބައިވެރިވެފައިވާ ކަމަށެވެ.

މި އަހަރުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިލީ މާލެ، ގދ. ތިނަދޫ އައްޑޫ ސިޓީ، އަދި ބ. އޭދަފުށީގެ ޒުވާނުންނަށެވެ. އެގޮތުން އޭލެވެލް ނިމި ފުލްޓައިމް ވަޒިފާއެއް ލިބިފައި ނުވާ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދިނެވެ.

މި ޕްރޮގްރާމް އިފްތިތާހުކުރުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ މި ފުރުސަތަކީ ޒުވާނުންނަށް ވަރަށް ބޭނުންތެރި ފުރުސަތެއް ކަމަށާއި ބައިވެރިންނަށް އެތައް ހުނަރެއް ދަސްވެ ދިރާގުގެ ތެރެއިން ވަޒީފާ ހޯދުމަށްވެސް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ދިރާގުން 2009 ވަނަ އަހަރުން ފެށިގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަންނަނީ ހިންގަމުންނެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 214 ޒުވާނުން ވަނީ ތަމްރީނުކޮށްފަ އެވެ.

މި ޕްރޮގްރާމްގައި ދިރާގުގެ ގިނަ ދާއިރާތަކެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބެ އެވެ. މީގެ ތެރޭގައި މާކެޓިން އާއި ސޭލްސް އަދި ހިއުމަން ރިސޯސަސްގެ އިތުރުން ފައިނޭންސާއި ނެޓްވޯކްސް އަދި ބިޒްނަސް ސޮލިއުޝަންސް އަދި އިންފޮމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓް ހިމެނެ އެވެ.