ހުވަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމަށް ނަގަން ޖެހޭ ކޮންމެ "ޑިޒިޝަނެއް" ނަންގަވާނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް (ސަންނަ) ވިދާޅުވެއްޖެ އެވެ.
ހުވަދު އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމަކީ ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ހުވަދޫގެ ރަށްރަށުގައި ކުރިއަށް ގެންދިޔަ ކެންޕެއިން ޖަލްސާތަކުގައި ރައީސް ސޯލިހު ވަނީ އެ ވައުދު ތަކުރާރު ކުރައްވާފައެވެ.
އަވަސްގެ "ފަށަމާ" ގައި ވާހަކަ ދައްކަވަމުން މެންބަރު ސަނީފް ވިދާޅުވީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ހަނދާން އެބަހުރި ކަމަށާ ސާބިތުވެ ހުންނެވީ އެކަންކަން ފުއްދެވުމަށް ކުރަންޖެހޭ މަސައްކަތުގައި ކަމަށެވެ. ސަނީފް ވިދާޅުވީ އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމުުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރެއްވުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ސިޔާސީ ގޮތުން ނަންގަވަން ޖެހިވަޑައިގަންނަވާ ކޮންމެ ޑިޒިޝަނެއް ނަންގަވާނެ ކަމަށެވެ.
"ތިނަދޫ ރައްޔިތުންގެ ކައިރީގައި ދެންނެވި ވާހަކައިގެ މަތީގައި އަޅުގަނޑު މިހުރީ ސާބިތުވެ. ތިނަދޫ ރައްޔިތުންނަށްޓަކައި ތިނަދޫގެ ތަރައްގީއަށްޓަކައި ހުވަދޫ އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށްޓަކައި ނަގަން ޖެހޭ ކޮންމެ ޑިޒިޝަނެއް އަދި ކޮންމެ މަސައްކަތެއް އަޅުގަނޑު ކުރާނަން. ތިނަދޫ ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދުމަށްޓަކައި ނުކޮށް ދޫކޮށްލާނެ ކަމެއް ނޯންނާނެ. ރައްޔިތުން ބުނެފާނެ މިވެނި ކަމެއް ސަންނަ ނުކުރާނޭ. ނޫން... ދީނާ ހިލާފުނުވާ ކޮންމެ ކަމެއްވެސް އަޅުގަނޑު ކުރާނަން. ތިނަދޫ ރައްޔިތުންނަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން،" ސަނީފް ވިދާޅުވިއެވެ.
ޝަނީފް ވިދާޅުވީ ގުދުރަތީ މުއްސަދިކަން އެންމެ ބޮޑަށް އޮތް ހުވަދޫގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ އިންޓަނޭޝަނަލް އެއާޕޯޓެއް އެ އަތޮޅުގައި އޮތުން ކަމަށެވެ. އެހެން ކަމުން ސަރުކާރުން ވެފައިވާ އެ ވައުދު ފުއްދުން އަވަސް ކޮށްދެއްވުމަށް ސަނީފް ގޮވާލެއްވިއެވެ.
"މިއަދުވެސް ހުވަދު އަތޮޅުގައި އެންމެ ބޮޑަށް ވަކާލާތު ކުރެވޭ އެންމެ ބޮޑު ކަަމަކީ ސަރުކާރުން ވައުދުވީ އިންޓަނޭޝަނަލް އެއާޕޯޓް ކޮބައިތޯ. އެކަން ހަގީގަތަކަށް ހެދޭތޯ ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރަން އަޅުގަނޑުމެން މި ތިބީ ތައްޔާރަށް،"
ތިނަދޫ ރައްޔިތުންގެ ކައިރީގައި ދެންނެވި ވާހަކައިގެ މަތީގައި އަޅުގަނޑު މިހުރީ ސާބިތުވެ. ތިނަދޫ ރައްޔިތުންނަށްޓަކައި ތިނަދޫގެ ތަރައްގީއަށްޓަކައި ހުވަދޫ އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށްޓަކައި ނަގަން ޖެހޭ ކޮންމެ ކަމެއް ޑިޒިޝަނެއް އަދި ކޮންމެ މަސައްކަތެއް އަޅުގަނޑު ކުރާނަން. ތިނަދޫ ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދުމަށްޓަކައި ނުކޮށް ދޫކޮށްލާނެ ކަމެއް ނޯންނާނެ. ރައްޔިތުން ބުނެފާނެ މިވެނި ކަމެއް ސަންނަ ނުކުރާނޭ. ނޫން... ދީނާ ހިލާފުނުވާ ކޮންމެ ކަމެއްވެސް އަޅުގަނޑު ކުރާނަން. ތިނަދޫ ރައްޔިތުންނަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަންއަބްދުﷲ ސަނީފް | ތިނަދޫ ދެކުނު ދާއިރާގެ މެންބަރު
ސަނީފް ވިދާޅުވީ ތިނަދޫ ރައްޔިތުންނާއި ހުވަދޫގެ ރައްޔިތުންނަކީ އިގްތިސާދީ ގޮތުން ކުރިއަށް ދިއުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ރައްޔިތަކު ދިރިއުޅެމުންދާ އަތޮޅެއް ކަމަށެވެ. އަދި ހުވަދޫގެ ރައްޔިތުން ހަމައެކަނި ސިޔާސީ ކަންކަމުގައި ގެންގުޅުމުގެ ބަދަލުގައި އެ ރައްޔިތުންގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖައްސައިދިނުމަށް ގޮވާލެއްވިއެވެ.
"އަޅުގަނޑުމެންނަށް އިނގޭ ސިޔާސީގޮތުން ހުވަދޫ އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެެއް އެޅުމަށް ގޮންޖެހުންތަކެއް ހުރިކަން. އޭގެ ތެރޭގައި ސިޔާސީ އެންމެ ވަރުގަދަ ލީޑަރުންވެސް އެކަން ކުރަަން ބޭނުންނުވާ ތަން އަޅުގަނޑުމެންނަށް ފެނޭ. ހަމަ އެެހެންމެ ނުފޫޒު ގަދަ ސިޔާސީވެރިންނާއި ވިޔަފާރިވެރިންގެ ތެރެއިން ބައެެއް ބޭފުޅުންވެސް އެކަން ކުރަން ބޭނުންނުވާކަން އަޅުގަނޑުމެންނަށް އެނގޭ. އަދި ރާއްޖޭގެ އެތެރޭގެ ޕޮލިޓިކްސްވެސް މީގެ ތެރެއަށް ވަންނަމުންދޭ،" ތިނަދޫ ކައުންސިލް މެންބަރުކަންވެސް ކުރެއްވި ސަނީފް ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް އިނގޭ ސިޔާސީގޮތުން ހުވަދޫ އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެެއް އެޅުމަށް ގޮންޖެހުންތަކެއް ހުރިކަން. އޭގެ ތެރޭގައި ސިޔާސީ އެންމެ ވަރުގަދަ ލީޑަރުންވެސް އެކަން ކުރަަން ބޭނުންނުވާ ތަން އަޅުގަނޑުމެންނަށް ފެނޭ. ހަމަ އެެހެންމެ ނުފޫޒު ގަދަ ސިޔާސީވެރިންނާއި ވިޔަފާރިވެރިންގެ ތެރެއިން ބައެެއް ބޭފުޅުންވެސް އެކަން ކުރަން ބޭނުންނުވާކަން އަޅުގަނޑުމެންނަށް އެނގޭ. އަދި ރާއްޖޭގެ އެތެރޭގެ ޕޮލިޓިކްސްވެސް މީގެ ތެރެއަށް ވަންނަމުންދޭއަބްދުﷲ ސަނީފް | ތިނަދޫ ދެކުނު ދާއިރާގެ މެންބަރު
ސަނީފް ވަނީ އެ ވިސްނުމުގައި ތިއްބެވި ސިޔާސީ ލީޑަރުންނާއި ވިޔަފާރިވެރިންނަށް ހުވަދޫ އަތޮޅު ތަރައްގީކޮށް އެ އަތޮޅުގައި އެއާޕޯޓެއް ހަދަން ޖެހޭ ސަބަބު ވަރަށް ބޮޑަށް ސާފުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ ހުވަދޫއަތޮޅަކީ 255 ރަށް އޮތް އަތޮޅެއް ކަމަށާ އެއީ މުޅި ރާއްޖޭގައިވެސް އޮތް ގުދުރަތީ މުއްސަދިކަން އެންމެ ބޮޑު އެއް އަތޮޅު ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ދިވެހިރާއްޖެ ޖިއޮގްރަފިކަލީ އުފެދިފައިވާ ގޮތް ވިސްނަވާށޭ. އެއަށް ބަދަލެއް ނުގެނެވޭނެ. ކޮންމެ ގޮތެއްވިޔަވެސް އަޅުގަނޑުމެން ހުވަދޫ އަތޮޅުގައި އޮތް 255 ރަށަކީ ނެތް ރަށެއްގެ ގޮތުގައި ނުބެލޭނެ. އެކަމެއް ނުކުރެވޭނެ. އެންމެ ރީތި އަދި ދެކުނުގެ އެންމެ ވަސީލަތް ގިނަ އެންމެ ކެޕޭސިޓީ ބޮޑު ތަނަކީ ހުވަދޫ އަތޮޅު. މިސާލެއްގެ ގޮތުގައި އަވައްޓެރި ދެ އަތޮޅަށް އަޅުގަނޑުމެން ހިދުމަތް ފޯރުކޮށްދޭން،" ފުވައްމުލަކަށް ބޭނުންވާ ވެލި ހުވަދޫން ފޯރުކޮށްދޭ ދިނުމާއި ދެކުނުގެ އެންވެރިކަމަށް އޮތް އެންމެ ރަނގަޅު މަންޒިލަކީ ހުވަދޫކަން ފާހަގަކުރައްވާ ސަނީފް ވިދާޅުވިއެވެ.
މެންބަރު ސަނީފް ވިދާޅުވީ ހުވަދޫ އަތޮޅު ދިޔަދޫ އާއި ވާދޫ އާއި ގަން އަދި ކާޑެއްދޫ ފަދަ ރަށްރަށަކީ ދަނޑުވެރިކަމަށް ބޭނުން ކުރެވިދާނެ ވަރުގަދަ ރަށްތަކެއް ކަމަށެވެ. އަދި ޓޫރިޒަމަށް ތަރައްގީ ކުރެވިދާނެ 100 ވުރެ ގިނަ ރަށް އެ އަތޮޅުގައި އެބައޮތް ކަމަށެވެ. ގުދުރަތީ މުއްސަދިކަން އެވަރަށް އޮތް އަތޮޅެއްގެ ރައްޔިތުން އެހެން ބަޔަކަށް ބަރޯސާވާން ޖެހުން ބަލައިނުގަނެވޭނެ ކަމަށްވެސް ތަކުރާރުކޮށް ސަނީފް ވިދާޅުވިއެވެ.