ޓެކްނޯލޮޖީ

ސްމާޓް ހޯމް ސެކިޔުރިޓީ ކެމެރާ: މާމަ އެބައާދޭ

ސްމާޓް ހޯމް ސެކިޔުރިޓީ ކެމެރާ: ބައެއް ކެމެރާތަކަށް މީހުން ވެސް ވަކިކުރަން އެނގޭ
0%
0%
0%

އެޕާޓްމަންޓްގެ ޑޯބެލްޖަހާ ކޮންމެ ފަހަރު އެތެރޭގައި ތިބޭ މީހުން ކާކު، ކާކުހޭ އަހަ އެވެ. އެކަމަކު މިއީ އެސުވާލުނުކޮށް ފަރުޖެއްސިދާނެ ޒަމާނެކެވެ. ސްމާޓް ހޯމް ސެކިޔުރިޓީ ކެމެރާތައް އެހުރީ މިބޭނުމުގަ އެވެ.

ޑޯބެލްއާ ނުލައި ދިރިއުޅުން މާ ސްމާޓްކަން ދެނެހުރިން ހެއްޔެވެ؟ މިއީ އަދި މިހާތަނަށް އެނގިފައި ނެތް ކަމެއް ނަމަ ދެން ހަދާ އެޕާޓްމަންޓެއްގައި ޑޯބެލް ހަރުކުރާނެ ކަމެއް ނެތެވެ. މިބުނާ ގޮތް ހަދާށެވެ.

ސްމާޓް ފޯން ސެކިޔުރިޓީ ކެމެރާއެއް ހޯދާށެވެ. އެމެޒޯން އަދި މިފަދަ އޮންލައިން ފިހާރަތުކުން ލިބޭނެ އެވެ. އަތުގައި ފައިސާ ހުރި ވަރަކުން ކެމެރާގެ ބްރޭންޑް ތަފާތުކުރާނީ އެވެ. އެކަމަކު ކޮންމެ ބްރޭންޑެއް އިޚުތިޔާރުކުރި ނަމަވެސް މިބުނާ ދެތިން ނުކުތާއަށް ސަމާލުކަން ދޭން ވާނެ އެވެ.

ދޮރުމައްޗަށް މީހަކު ހުއްޓުމުގެ ކުރިން މޮބައިލް ފޯނަށް ނޮޓިފިކޭޝަނެއް އަންނަންވާނެ އެވެ. ގޭގައި އުޅޭ މީހުން ނުވަތަ އާންމުކޮށް އެޕާޓްމަންޓަށް ވަދެއުޅޭ މީހުން ފޮޓޯއިން ފާހަގަކޮށް އެއީ ކާކުކަން ބުނެދެވެން ވާނެ އެވެ. މިސާލަކަށް މާމަ އަންނަ ނަމަ އެއީ މާމަ ދޮރުހުޅުވަން އެދޭކަން އެނގެންވާނެ އެވެ.

އެޕާޓްމަންޓްގައި ނޫޅޭ ބީރައްޓެއްސެއް ނަމަ މޮބައިލް އެޕުން ކެމެރާ ވީޑިއޯ ފެންނަން ވާނެ އެވެ.

ބައެއް ކެމެރާތަކުގައި ސްޕީކަރާއި މައިކްރޮފޯން ވެސް ހުރެ އެވެ. މިއީ މިހާރު ވަރަށް އާންމު ފީޗާއެކެވެ. އެއީ ދޮރުމަތީގައި ހުރި މީހަކާ މުއާމަލާތުކުރަން ފަސޭހަ ގޮތެކެވެ. އެގޮތުން ދޮރު ނުހުޅުވައި ފަރުޖެއްސިދާނެ އެވެ. އެއީ ފަހަރެއްގައި އެހެން އެޕާޓްމަންޓަކަށް ނުވަތަ އެޕާޓްމަންޓްގައި ނޫޅޭ މީހަކު ހޯދަން އައި މީހަކަށް ވެސް ވެދާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910